ފަސް އަހަރުގެ މަސްތުވާތަކެތި ނައްތާލައިފި

image މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ ބައެއް ބަނގުރާ ނައްތާލަން ތައްޔާރުކޮށްފައި:ފޮޓޯ ޕޮލިސް

ތަފާތު މައްސަލަތަކާ ގުޅިގެން 2010 އިން 2015 ގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ.

މިއަދު ހަވީރު ދޫނިދޫގައި ނައްތާލައިފައިވަނީ 680 ފުޅި ބަނގުރާއި، 590 ދަޅު ބަނގުރާއި، 20 ހަމުގެ ބަނގުރާއެވެ. އަދި މަސްތުވާތަކެތީގެ އެހެން ބާވަތްތަކުގެ 25 އެއްޗެއް މިއަދު ވަނީ ނައްތާލައިފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއީ ފުލުހުން ތަހުގީގުކޮށް ޝަރުއީ މަރުހަލާވެސް ނިމިފައިވާ 359 މައްސަލައަކާ ގުޅުންހުރި މަސްތުވާ ތަކެތި ކަމަށެވެ.

މިތަކެތި ނައްލާފައިވަނީ ބަނބުރާ ނައްތާލުމަށް އެކުލަވާލާފައިވާ ކޮމިޓީގެ މެމްބަރުންނާ ނޫސްވެރީންގެ ހާޒިރުގައި ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މީގެ ކުރިންވެސް ފުލުހުންވަނީ މަސްތުވާތަކެތި ނައްތާލައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް