ބަނގުރާ ދަބަސް އެއްލާލުމަށްފަހު ފިލައިފި

image ފުލުހުން އަތުލައިގަތް ބިޔަރު ދަޅުތައް: ފޮޓޯ ޕޮލިސް

ބަނގުރާ ގެންގުޅުނު މީހަކަށް ފުލުހުން ފެނުމުން މޫދަށް ފުންމާލައިގެން ފިލައިފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިއަދު އިރު އޮއްސި 6.58 އެހައިކަންހާއިރު ހިނގި މިހާދިސާގައި އެމީހާ މޫދަށް ފުންމާ ލުމުގެ ކުރިން އޭނާ ގެންގުޅުނު ދަބަހެއް ވަނީ ހުޅުމާލެ ކަންނެލި ޖެޓީއާ ދިމާއިން ގަސްތަކުގެ ތެރެއަށް ވަނީ އެއްލާލައިފައެވެ.

އެ ދަބަސް ނަގައިގެން ފުލުހުން ބެލިއިރު އެއިންވަނީ 24 ދަޅު ބިޔަރާއި ބަނގުރާ ފުޅިއެއް ފެނިފައެވެ. އެތަކެތި މީހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މި މީހާގެ މިހަކާތް ފެނިފައިވަނީ ހުޅުމާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށެވެ.

އެ ދަބަސް ކޮނޑުގައި އަޅުވައިގެން ހުރެފައި އެމީހާއަށް ފުލުހުން ފެނުމުން ވަނީ ކަންނެލިޖެޓީ ސަރަހައްދުން ގަސްތަުގެ ތެރެއަށް އެއްލާލައިފައެވެ. އަދި އެމީހާ ވަނީ އެދިމާއިން މޫދަށް ފުންމާލައިގެން ފުލުހުންނަށް ފިލައިފައެވެ.

މިމައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ގެންދަނީ ފިލައިގެންދިޔަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް