އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު ހިގާލުމެއް ބާއްވައިފި

image

އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅުކަން ހާމަކުރުުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައި ހިނގާލުމެއް އިއްޔެ ބާއްވައިފިއެވެ.

މިއީ އައްޑޫ، ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރުން އިންތިޒާމް ކޮށްގެން ބޭއްވި ހިނގާ ލުމެކެވެ. މި ހިނގާލުމުގައި ހިތަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހިނގާލުން ފަށައިފައިވަނީ ހިތަދޫ ޒުވާނުންގެ މަރުކަޒުންނެވެ. ނިންމާފައިވަނީ ހިތަދޫ ސްކޫލަށެވެ. މިއީ ނޮވެމްބަރު 25 އިން ޑިސެންބަރު 10 އަށް ކުރިއަށް ހިތަދޫގައި ކުރިއަށް ގެންދިޔަ އަންހެނުންނާ ދެކޮޅު 16 ދުވަހުގެ ކެންޕޭން ނިންމުގެ ގޮތުން ބޭއްވި ހިނގާލުމެކެވެ. އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅު މެސެޖުތައް ލިޔެފައިވާ ބޯޑުތަކާއި ބެނާތައް މި ހިނގާލުމުގައި ބޭނުން ކޮށްފައިވެއެވެ.

ހިނގާލުމަށްފަހު ކެންގަރޫ ކިޑްސްގެ ސްޓޭޖު އައިޓަމްތަކެއް ޔޫތު ސެންޓަރުގައި ވަނީ ބާއްވައިފައެވެ. އެއަށްފަހު "މި އަތަކުން ނުޖަހާނަން" ގެ ޝިއާރުގެ ދަށުން އަތްތިލަ ޕްރިންޓް ކުރުންވެސް އޮތެވެ.

ހިތަދޫ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރުން ބުނެފައިވަނީ މި ކެންޕޭނުގެ އެންމެ ބޮޑު މަގުސަދަކީ އަންހެނުންގެ ހައްގުތަކާއި އެ މީހުންނަށް ލިބެމުންދާ ތަފާތު އަނިޔާތަކުން ސަލާމަތްވުމަށް ގާނޫނުގައި އޮތް ފުރުސަތުތައް ބުނެދީ ހޭލުންތެރި ކުރުވުމެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް