ޓެކްސީއެއްގައި ބެހެއްޓުނު ފައިސާތަކެއް ހަވާލުކޮށްފި

image

ހަނދާން ނެތިގެން ޓެކްސީ އެއްގައި ދިވެއްސަކަށް ބެހެއްޓުނު ގިނައަދަދެއްގެ ފައިސާތަކެއް ހޯދައި އެފައިސާ އެމީހާއާ ފުލުހުން ހަވާލު ކޮށްފިއެވެ.

ސިޓީއުރައެއްގައި ހުރި މި ފައިސާ އެމީހާއަށް ބެހެއްޓިފައިވަނީ ޓެކްސީގެ ފަހަތު ސީޓުގައެވެ. އެ ސިޓީ އުރައިގައި 4500 ޔޫރޯ އާއި، 1200 ޔޫއެސް ޑޮލަރާއި، 44590 ތައިބާތު އާއި 500 ސައުދީ ރިޔާލްގެ އިތުރަށް 100 އޮސްޓެރޭލިއަން ޑޮލަރު އޮތް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޑިސެެންބަރު 4 ވަނަ ދުވަހުގެރޭ 20:00 އެހައިކަންހާ އިރުއެވެ. އެމީހާ ގަލޮޅު ހުރި ގެއަކަށް ދިޔަ ޓެކްސީގެ ފަހަތު ސީޓުގައި އެފައިސާތައް ބަހައްޓާފައި ކާރުން ފޭބީ ހަނދާންނެތިގެނެވެ. ފައިސާ އަޅައިފައިވާ ސިޓީއުރައިގެ މަތީން އޭނާ ހަނދާން ވުމާއެކު އެކަން ފުލުހުންނަށް އެންގިއެވެ.

މި ފައިސާ އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވަނީ އެ މީހާއަށްފަހު ކާރަށްއެރި ބިދޭސީ އެއްގެ އެހީތެރި ކަމާއެކުއެވެ. އޭނާއަށް އެ ސިޓީއުރަ ފެނުމުންވަނީ އޭނާ މަސައްކަތްކުރާ ކުންފުނި މޯލްޑިވިއަންގައި މަސައްކަތް ސުޕަވައިޒްކުރާ އިސްފަރާތަށް ސިޓީއުރައާ ބެހޭ މައުލޫމާތު ދީފައެވެ. އެ ސުޕަރވައިޒްކުރާ ފަރާތުން ވަނީ އެކަން ފުލުހުންނަށް ހުށަހަޅައިފައި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން މެދުވެރިވެގެން މި ފައިސާ މިހާރުވަނީ އޭގެ ވެރިމީހާއާ ހަވާލުކޮށްފައެވެ. "މި ފައިސާ ވެރިފަރާތާ ހަވާލުކޮށްފައިވަނީ އެންމެ ފުރަތަމަ މިފައިސާ ފެނުނު ބިދޭސީ މުވައްޒަފު އޭނާގެ ރަސްމީ ޑިއުޓީ މަސައްކަތުގައި ޗައިނާއަށް ގޮސް އެނބުރި ރާއްޖެ އައުމަށްފަހުއެވެ." ފުލުހުން ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް