ކަރަންޓު ޖެހިގެން ވިލިގިލިން މީހަކު މަރުވެއްޖެ

image ގއ. ވިލިހިލީ ހޮސްޕިޓަލް-ފޮޓޯ އަދުނާން

ހުވަދު އަތޮޅު އުތުރުބުރީ ވިލިގިލީގެ ޒުވާނަކަށް ކަރަންޓު ޖެހިގެން މިއަދު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އެރަށު ޒިޔުރިކް ވިލާ އަހުމަދު ތައުފީގެވެ. އޭނާގެ އުމުރަކީ 27 އަހަރެވެ.

މިއަދު ހަވީރު 5.30 އެހައިކަންހާއިރު މިހާދިސާ ހިނގާފައިވަނީ މަގުމަތީގައި ކަރަންޓުގެ މަސައްކަތެއް ކުރަނިކޮށް ކަމަށް އެރަށު ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރު ވިދާޅުވިއެވެ. އެ ހާދިސާގައި އެހެން މީހަކަށްވެސް ގެއްލުންވިއެވެ. އޭނާއަށް ހޮސްޕިޓަލުން ފަރުވާ ދިނުމުން ހާލު ރަނގަޅު ކަމަށް ނިޔާޒު ވިދާޅުވިއެވެ. އޭނާ އަކީ ވިލިގިލީ އިންޖީނުގޭގައި މަސައްކަތް ކުރަމުންދާ ޒުވާނެކެވެ.

ތައުފީގު ކަރަންޓުގައި ޖެހުމުން އޭނާވަނީ ވަގުތުން ވިލިގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. އޭނާ މަރުވެފައިވަނީ ޑޮކްޓަރުން ފަރުވާ ދެމުން ދަނިކޮށްނެވެ.

ތައުފީގު ވަޅުލުން އޮންނާނީ މާދަމާއެވެ. ވަޅުލުން ލަސްވަނީ މާލޭަގައި ތިބި އޭނާގެ އާއިލާގެ ބައެއް މީހުން އޭނާގެ މޫނު ބަލަން އަންނާތީ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އާއިލޭގެ އެދުމުގެ މަތިން ތައުފީގު މިހާރުވަނީ ހޮސްޕިޓަލުން ގެއަށް ބަދަލުކޮށްފައެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް