ދިވެހިބަހުގެ ހަމަތަކާ ބެހޭ ގަވާއިދަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފި

image އައްޑޫގައި ބޭއްވި ޅެންހަދަން ދަސްކޮށްދޭ ކޯހެއްގެ ބައިވެރިއަކަށް އެކެޑަމީގެ ރައީސް އަޝްރަފް އަލީ އިނާމް ހަވާލު ކޮށް ދެއްވަނީ- ފޮޓޯ އައްޑޫ އޮންލައިން

ދިވެހިބަހާ ބެހޭ އެކެޑަމީން ކަނޑައަޅައިފައިވާ ހަމަތަކުގެ މަތިން ދިވެހިބަސް ލިޔުމާއީ ވާހަކަ ދެއްކުމަށް ދިވެހިބަހުގެ އެކެޑަމީން އިލްތިމާސް ކުރައްވައިފިއެވެ.

އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ދިވެހިބަހުގެ ހަމަތަކާ ބެހޭ ގޮތުން އެތަނުން ނެރެފައިވާ ގަވާއިދަށް އަމަލު ކުރުމަކީ ހުރިހާ ދިވެހިންނާއީ ޚާއްސަކޮށް ނޫސް މަޖައްލާ ތަކާއި، ވެބްސައިޓްތައް ހިންގާ ފަރާތްތަކާއި ލިޔާ ފަރާތްތަކުގައި އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އަޝްރަފް ވިދާޅުވީ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ ދަށުން ބަސް ރަނަގަޅަށް ބޭނުން ކުރުމަކީ ކޮންމެ ދިއްވެއްސެއްގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ބައެއް ނޫސްތަކުގައި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ލިޔަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެކެޑަމީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ ދިވެހިބަހުގެ ހަމަތަކާ ޚިލާފަށް ލިޔާ ނޫސްތަކާއި ވެބްސައިޓްތަކާ މެދު ފިޔަވަޅު އަޅަން ޖެހިއްޖެ ކަމަށްވާނަަމަ އެކަންވެސް އެކެޑަމީން ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް އަޅާނެ ފިޔަވަޅެއް ދިވެހިބަހަށް އިސްކަން ދިނުމުގެ ގާނޫނަކު ނެތެވެ. އެހެންްނަމަވެސް ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައި އެކަން ހިމެނިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ ފިޔަވަޅު އެޅުމަކީ އެކެޑަމީން ކުރަން ބޭނުންވާ ކަމެއް ނޫންކަމަށެވެ. އެހެން ކަމުން އެންމެންވެސް ބަހުގެ ހަމަތަކަށް ބޯލަނބައިގެން އެ ގޮތަށް އަމަލު ކުރާކަމަށްވާނަމަ އެއްވެސް ފަރާތަކާމެދު ފިޔަވަޅު އަޅާކަށް ނުޖެނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ ބަހުގެ ހަމަތަކަށް ނޫސްވެރިން އަހުލުވެރި ކުރުވުމަށް ބައްދަލުވުންތައްވެސް ބާއްވައިދޭން ތައްޔާރަށް،" އަޝްރަފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement