ކުށްމަދު ކުރުމާމެދު މަޝްވަރާ ކޮށްފި
އަޕަރ ސައުތު ޕޮލިސް ޑިވިޝަނާއި ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާ ގުޅިގެން ކުށްމަދު ކުރުމާއި އަމާން ވެއްޓެއް ގާއިމް ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ އަޕަރ ސައުތު ޕޮލިސް ޑިވިޝަން ގެ ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ވެރިންނާ ބައްދަލުކުރެއްވި ކުރެއްވުމުގައެވެ.
މި ބައްދަލު ކުރެއްވުމުގައި މެޑިކޯ ލީގަލް ރިޕޯޓް ފަދަ ލިޔުންތައް ލިބުމުގައި ހުރިދަތިކަން ފާހަގަ ކުރައްވައި އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ ޑިސެންބަރު ދެވަނަ ދުވަހުއެވެ. މި ބައްދަލުވުމުގައި ވަނީ ފުލުހުންނާއި ހޮސްޕިޓަލާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.
މި ބައްދަލުވުމުގައި އަޕަރ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފްގެ އިތުރުން ގދ.އަތޮޅު ކޮމާންޑަރ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް ފާއިޒް އާއި ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެލެއްވި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު