މަރަދޫގައި ކުޑުކުދިންގެ ހަވީރެއް މިއަދު ބާއްވަނީމ

image ރޯޑުޝޯގެ ހަރަކާތްތަކެއް މަގުމަތީގައި ކުރިއަށްދަނީ. ފޮޓޯ އައްޑޫ އޮންލައިން

އައްޑޫގައި މިހާރު ކުރިއަށް ގެންދާ "ރައްކާ" ރޯޑު ޝޯގެ ހަރަކާތާއެކު ބާއްވާ ކުޑަކުދިންގެ ހަވީރެއް އައްޑުސިޓީ މަރަދޫ ކުޑަކުދިންގެ ޕާކުގައި މިއަދު އޮންނާނެ ކަމަށް ސައުތު ޕޮލިސް ޑިވިޝަނުން ހާމަކޮށްފިއެވެ.

ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ މިހަވީރުގައި ކުޑަކުދިންނާ ގުޅޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ .އޭގެ ތެރޭގައި އިނާމު ލިބޭގޮތަށް ގެންދާ ހަރަކާތްތައްވެސް ހިމެނެއެވެ. މި ހަވީރުގައި ތަފާތު ކާޓޫނު ކާޓޫން ކެރެކްޓަރސް ތަކާއެކު ފޮޓޯ ނެގުމުގެ ހަރަކާތަކާއި ޕްރީސްކޫލް ކުދިންގެ ސްޓޭޖު އައިޓަމެއްވެސް އޮންނާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރަށް ރޯޑުޝޯއާ ގުޅޭ ތަފާތު މެސެޖުތަކާއި މައުލޫމާތު ފޯރުކޮށް ދެމުން ދާނެ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ. އައްޑޫގައި ރޯޑު ޝޯ ފަށައިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ނިންމުމަށް ހަމަޖެހިފައިވަނީ 26 ވަނަ ދުވަހުއެވެ.

ސަމީރު ވިދާޅުވީ ބޮޑު ޚަރައްދެއް ކޮށްގެން ބާއްވާ މިފަދަ ޝޯއަކަށް އެންމެ އެދެވޭ ތަރުހީބެއް ނުލިބޭ ކަމަށެވެ. އެހެން ކަމުން މިއީ ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން ޝޯގައި ބައިވެރިވެ މައުލޫމާތު ހޯދުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މިޝޯގައި ސްކޫލް ތަކުގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޓެކްސީ ޑަރައިވަރުންނާއި އާންމުނަށް ޓްރެފިކާ ބެހޭ މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ފުލުހުން ގެންދަނީ ހިންގަމުންނެވެ. މިހާތަނަށް މި މައުލޫމާތު ފޯރުކޮށްދެވިފައިވަނީ ދުއިސައްތައެއްހާ މީހުންނަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް