އިއްޔެގެ އެކްސިޑެންޓްގައި އަނިޔާވި ނަވާލް ނިޔާވެއްޖެ
އިއްޔެ ހެނދުނު ހިތަދޫގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނީޔާތަކެއް ލިބުނު ނަވާލް މުޙައްމަދު ރޭ ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ ރޭ ދަންވަރު ދެގަޑި ތިރީސް ފަހެއްގައި ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި ޢަބްދުﷲ ރަޝީދު ބުންޏެވެ.
ނަވާލް ނިޔާވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށްނެއެވެ. ނަވާލްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު ހުކުރު ނަމާދަށްފަހު މަސްޖިދުއްޒިކުރާގައި ކަމަށްވެސް ޢަބްދުﷲ ރަޝީދު ބުންޏެވެ.ވެ. ނަވާލްގެ މޫނު ދެއްކުން ހިތަދޫ ފުސްވިލާގޭގައި މިހާރު ކުރިއަށްދާ ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި ޢަބްދުﷲ ރަޝީދު ބުންޏެވެ.
ހިތަދޫ ޓިނުޖެހިގޭ ނަވާލް އެކްސިޑެންޓްވީ ގޯޅިއަޅަން ދިޔަ ސައިކަލެއްގެ ހުންގާނުގައި ނަވާލް ދުއްވަން އިން ސައިކަަލްގެ ހުންގާނު އަޅައިގެން ކަމަށް ފުލުހުންވަނީ ބުނެފައެވެ. އެކްސިޑެންޓުގައި އޭނާވަނީ ކަހައިލައިގެން ހަތްދިހަ ފޫޓު ދުރަށް ގޮސްފައި ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. މި އެކްސިޑެންޓުގައި އޭނާގެ ބޯވަނީ 4 ތަނަކުން ފަޅައިގެން ގޮސްފައި ކަމަށް އާއިލާއިން ބުނެފައިވެއެވެ.
އުމުރުން ސަތާރަ އަހަރުގެ ނަވާލް ނިޔާވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެންދަން ޢާއިލާއިން މަސައްކަތް ކުރަމުން ދަނިކޮށްނެެވެ. އެހެންނަމަވެސް ދަތުރު ކުރުމަށް އޭނާގެ ހާލަތު ތަންނުދޭތީ ޑޮކްޓަރުން ވަނީ އޭނާ ގޮވައިގެން ދަތުރު ކުރުމަށް ހުއްދަ ނުދީފައެވެ.
އައްޑޫ ސިޓީ ހިތަދޫގައި ރޭވެސްވަނީ އެކްސިޑެންޓެއް ހިނގައިފައެވެ. އެ އެކްސިޑެންޓުގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން އެކަކު މާލެ ފޮނުވަން ޖެހުނު ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު