ސަޢުދީ ފޮރެންސިކް ޓީމާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލު ކުރައްވައިފި
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުން މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން މާލޭ އިއްޒުއްދީނު ފާލަމާ ލޯންޗްކޮޅު ގާތްކުރިވަގުތު ލޯންޗުކޮޅުގައި ހިނގި ނުރައްކާތެރި ޙާދިސާ ތަޙުޤީޤު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިވުމަށް ސަޢުދީ ޢެރެބިއާ ސަރުކާރުން ފޮނުވި ފޮރެންސިކް ޓީމާ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މިއަދު ބައްދަލު ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުން މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން މާލޭ އިއްޒުއްދީނު ފާލަމާ ލޯންޗްކޮޅު ގާތްކުރިވަގުތު ލޯންޗުކޮޅުގައި ހިނގި ނުރައްކާތެރި ޙާދިސާ ތަޙުޤީޤު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިވުމަށް ސަޢުދީ ޢެރެބިއާ ސަރުކާރުން ފޮނުވި ފޮރެންސިކް ޓީމާ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މިއަދު ބައްދަލު ކުރައްވައިފިއެވެ.
ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި މިއަދު މެންދުރުފަހު އޮތް މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވަނީ މިފަދަ އަވަސް ގޮތަކަށް މިތަޙުޤީޤުގައި އެހީތެރިވުމަށް ފޮރެންސިކް ޓީމެއް ފޮނުއްވައިދެއްވިކަމަށްޓަކައި ސަޢުދީ ރަސްގެފާނަށާއި ސަޢުދީ ސަރުކާރުގެ ވެރިންނަށާ ސަޢުީ ފުލުހުންގެ އިސްވެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މިޓީމު ރާއްޖެ އައިސް މިއަދުން މިއަދަށް ތަޙުޤީޤުގެ މަސައްކަތް ފަށާފައިވާތީ އެކަމާ އުފާ ކުރައްވާކަން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.
ސަޢުދީ ފޮރެންސިކް ޓީމުން މިބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ މި ޙާދިސާއަކީ ވަރަށް ހިތާމަހުރި ޙާދިސާއެއްކަން ފާހަގަ ކުރައްވާފައެވެ. މިއާއެކު ރާއްޖޭގައި ހިނގާ މިފަދަ ތަޙުޤީޤެއްގައި ދިވެހިންނާއެކު މަސައްކަތްކުރަން ފުރުޞަތު ލިބުނުކަމީ ވަރަށް ބޮޑު އުފަލެއްކަން ފާހަގަ ކުރައްވައި ށއުދީ ސަރުކާރުގެ ހުށަހެޅުއްވުން ޤަބޫލު ކުރައްވައި ސަޢުދީ ފޮރެންސިކްޓީމަށް ދެއްވި ފުރުޞަތަށް ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އަށާ ދިވެހި ސަރުކާރަށް އަދި ދިވެހި ފުލުހުންނާ ސިފައިންގެ ވެރިންނަށް ޓީމުގެ މެމްބަރުން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި އެޓީމުގެ މެމްބަރުންގެ ލަޔާޤަތާ ޤާބިލިއްޔަތު ތަންދިން އެންމެ ފުރިހަމަ ގޮތެއްގައި ރާއްޖޭގެ ތަޙުޤީޤު ޓީމާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދަށް ސަޢުދީ ފޮރެންސިކް ޓީމުގެ މެމްބަރުން ދެއްވިއެވެ.
މީގެ އިތުރުން މިހާތަނަށް މިމައްސަލައިގެ ތަޙުޤީޤުގައި ދިވެހި ފުލުހުންގެ ތަޙުޤީޤު ޓީމުން ކޮށްފައިވާ މަސައްކަތަކީ ފާހަގަ ކުރެވޭފަދަ މުހިއްމު މަސައްކަތެއްކަން ސަޢުދީ ފޮރެންސިކް ޓީމުގެ މެމްބަރުން މިބައްދަލުވުމުގައި ވަނީ ފާހަގަ ކޮށްފައެވެ.
މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙަސަން ޙަބީބް އާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ އަޙްމަދު ބައިވެރި ވިއެވެ.
ކިޔުންތެރިންގެ ހިޔާލު