ރައީސް ޔާމީން މާލެވަޑައިގެންނެވި ލޯންޗްގައި އެއްޗެއް ގޮވުމުގެސަބަބުން އަނބި ކަނބަލުންނާއި ބައެއްމީހުންނަށް އަނިޔާވެއްޖެ
ހައްޖުގެ މަތިވެރި އަޅުކަމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ގައްޔޫމް މިއަދު މާލެ ވަޑައިގަތް ލޯންޗް ކޮޅުގައި އެއްޗެއް ގޮވައިފިއެވެ.
ހައްޖުގެ މަތިވެރި އަޅުކަމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ގައްޔޫމް މިއަދު މާލެ ވަޑައިގަތް ލޯންޗް ކޮޅުގައި އެއްޗެއް ގޮވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ލޯންޗް ކޮޅު ފިނިފެންމާގައި އެއްޗެއް ގޮވީ އެ ލޯންޗްކޮޅު ރަސްމީ ފާލަން އިއްޒުއްދީން ފާލަމާ ކައިރި ކުރަނިކޮށެވެ. އޭރު އެ ލޯންޗް ކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އިތުރުން ސެކިއުރިޓީ ގާޑުންނާއެކު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދާއި، ނާއިބު ލީޑަރު އަލީ މައުރޫފުގެ އިތުރުން ބައެއް މިނިސްޓަރުންނާއި އެހެން ބައެއް ބޭފުޅުންވެސް ތިއްބެވި އެވެ.
މި ހާދިސާގައި ރައީސްގެ އަނބި ކަނބަލުންނަށް ކޮންމެސް ވަރަކަށް އަނިޔާވި ނަމަވެސް އެންމެ ބޮޑަށް އަނިޔާވެފައިވަނީ ރައީސްގެ ބޮޑީގާޑް އަބްދުއްނާސިރަށާއި ރައީސްގެ ޕްރޮޓޮކޯލަށެވެ. މި ހާދަސީގައި އެމީހުންނަށ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި މިހާރުވެސް ދަނީ ފަރުވާދެމުންނެވެ.މިހާދިސާގައި އެހެން އެއްވެސް ބޭފުޅަކަށް އަނިޔާވެފައިވާކަމަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. ރައީސް ޔާމީންވެސް ހުންނެވީ ހެޔޮ ހާލު ކޮޅުގަ އެވެ.
ސަލާމަތީ ބާރުތަކުންނާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ ލޯންޗްގައި ގޮވި ގޮވުމާބެހޭގޮތުން މިވަގުތު އެއްޗެއްބުނަން ބޭނުންނޫން ކަމަށާއި ތަގުގީގުތައް ކުރިއަށްދާ ކަމަށެވެ. އަދި އެކަމާމެދު އެއްޗެއް ބުނެވޭނީ ތަހުގީގުތަކަށް ފަހުގައި ކަމަށްވެސް އެފަރާތުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު