މިމަހުގެ އަށާވީހުން ތިރީހާދެމެދު އެކިހިސާބުތަކަށް އުދައަރައިފާނެތީ ސަމާލު ވުމަށް އިލްތިމާސްކޮށްފި
މިމަހުގެ 28، 29، 30 މިތިންދުވަހު ދިޔަވަރު އެންމެބޮޑުވާ ވަގުތު ރާއްޖޭގެ އެކިހިސާބުތަކަށް އުދައެރުމުގެ ފުރުސަތު އެބައޮތްކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސާރވިސުން ހާމަކޮށްފިއެވެ.
މިމަހުގެ 28، 29، 30 މިތިންދުވަހު ދިޔަވަރު އެންމެބޮޑުވާ ވަގުތު ރާއްޖޭގެ އެކިހިސާބުތަކަށް އުދައެރުމުގެ ފުރުސަތު އެބައޮތްކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސާރވިސުން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ 28 ވަނަދުވަހަކީ ހަނދުކޭތަ ހިފާދުވަހަކަށްވީއިރު، އެހަނދުކޭތައާ ގުޅިގެން ހަނދާއި، ދުނިޔެ އަދި އިރު އެއްލައިންއަކަށް ދިމާވެ، ހަނދު ދުނިޔެއާއި ކާރިވުމުން ކަނޑުގެ ދިޔަވަރު އާދަޔާ ޚިލަފަށް ބޮޑުވާކަމަށާއި، އެކަމުގެ ސަބަބުން އެދުވަސްވަރު އޮއިގަދަވާގޮތް ދިމާވާކަން މީޓިއޮރޮލޮޖިކަލް ސާރވިސުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތަށް އޮއި ގަދަވުމުން ރާއްޖެއާއި ދުރުން އުފެދިގެން އަންނަ ބާނިތަކާއި ރާޅުތަކުގެ ސަބަބުން މިމަހުގެ 25 ން 30 އާއި ދެމެދު ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް އިންޑިޔާގެ ނޭޝަނަލް ސެންޓަރ ފޯ އޯޝަން އިންފޮމޭޝަން ސާވިސްއިން ލަފާކޮށްފައިވާ ކަމަށް މެޓް އޮފީހުގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
މި އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ދިޔަވަރު އެންމެބޮޑުވެގެންދާ ގަޑިތަކުގައި ކަމަށާއި، މިގޮތުން މިމަހުގެ 28، 29، 30 މި ތިންދުވަހު ދިޔަވަރު އެންމެބޮޑުވާވަގުތު ރާއްޖޭގެ އެކިހިސާބުތަކަށް އުދައެރުމުގެ ފުރުސަތު އޮތްކަން މީޓޮރޮލޮޖިކަލް ސަރވިސުން ވަނީ ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު