ބިދޭސީއަކަށް ބިރުދައްކައި ފައިސާ ފޭރެން އުޅުނު މީހަކު ހައްޔަރު ކޮށްފި

image

ބިދޭސީއަކަށް ބިރުދައްކައި ފައިސާ ފޭރެން މަސައްކަތްކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ބިދޭސީއަކަށް ބިރުދައްކައި ފައިސާ ފޭރެން މަސައްކަތްކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 41 އަހަރުގެ ފިރިހެނެކެވެ.މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި އޮގަސްޓް މަހުގެ 22 ވަނަ ދުވަހުގެ 14:15 ހާއިރުއެވެ.

ފުލުހުން ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.

މިމައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުޤީޤް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް