އިވުމާއި ވާހަކަ ދެއްކުމުގެ މައްސަލަ ހުންނަ ކުދިންނަށް ނައިފަރުގައި ކޭންޕެއް ބާއްވައިފި

image

އިވުމާއި ވާހަކަ ދެއްކުމުގެ މައްސަލަ ހުންނަ ކުދިންނަށް ޚާއްސަ ކޭންޕެއް ޅ. އަތޮޅުގައި ބާއްވައިފިއެވެ.

ބިޔުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭނާއި، ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމުގެ އެފްއެޗު ފައުންޑޭޝަނާއި، ޅ. އަތޮޅު ނައިފަރު ކައުންސިލް ގުޅިގެން މިކޭމްޕު ބާއްވާފައިވަނީ ނައިފަރުގައެވެ.

ބިޔުޓިފުލް އައިސްގެ ޗެއަރޕާސަން ޢައިޝަތު ޝިފާ ވިދާޅުވީ މިކޭމްޕުގައި އެއަތޮޅު ހިންނަވަރާއި، ނައިފަރާއި، ކުރެންދޫއިން ބައިވެރިވެފައިވާ ކަމަށެވެ. މިމަހުގެ 10 އިން 12 އަށް ބޭއްވި ކޭމްޕުގައި ވަނީ އިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ ކުދިންނަށް ފަރުވާދީ އިތުރަށް އެކުދިންނާމެދު ޢަމަލު ކުރަންވީ ގޮތް ބުނެދީފައެވެ. މި ކެމްޕުގައިވަނީ 50 އަށްވުރެ ގިނަ ކުދިންގެ ޙާލަތު ބަލައި އެކުދިންނަށް ފަރުވާ ދީފައެވެ. އެގޮތުން ސްޕީޗް ތެރަޕީ ދިނުމާއި ސްޕީޗްތެރަޕީ ދޭނެގޮތް ބެލެނިވެރިންނަށް ވަނީ ބުނެދީފައެވެ. އަދި ހިއަރިންވެސް ވަނީ ޓެސްޓް ކޮށްފައެވެ.

އޭގެ އިތުރަށް އެފަދަ ކުދިންނަށް ކިޔަވައިދޭ 40 އަށް ވުރެ ގިނަ ޓީޗަރުންނަށް ދެދުވަހުގެ ތަމްރީން ދީފައިވެއެވެ. މަސައްކަތު ބައްދަލުވުމެއްގެ ގޮތުގައި ބޭއްވި މިތަމްރީނުގައިވަނީ އެފަދަ ކުދިނަށް އުގަންނައި ދިނުމުގައި ބޭނުންކުރާނެ އިތުރު ގޮތްތައް ދަސްކޮށް ދީފައި ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ އެފަދަ ކުދިން ބެލުމަށްފަހު ދޭންޖެހޭ ފަރުވާ ދީފައިވަނީ އިންޑިއާގެ ބޮމްބޭ ތަޖުރިބާކާރު ސްޕީޗް ޕެތަލޮޖިސްޓެއް ކަމަށެވެ. އަދި އެކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ބޭއްވި މަސައްކަތު ބަައްދަލުވުމުގައި މަޢުލޫމާތު ދީފައިވަނީވެސް އޭނާއެވެ. ޝިފާ ވިދާޅުވީ މުޅި ކޭމްޕަށްވެސް މީހުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށެވެ. އަދި އިތުރަށް މިފަދަ ކޭމްޕެއް ބާއްވައި ދިނުމަށް މީހުން އެދުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން މިފަދަ އިތުރު ކޭމްޕެއް ބޭއްވޭތޯ މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މިކޭމްޕަކީ ބިޔުޓިފުލްއައިސްގެ ފަރާތުން މާލެއިން ބޭރުގައި ބޭއްވި މިފަދަ ފުރަތަމަ ހަރަކާތް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement