އެކި ރަށްރަށަށް ފުލުހުން ބަހާލާފައިވާ ގޮތް އަލުން ބެލުމަށް ހޯމް މިނިސްޓަރު އެދިވަޑައިގެންފި
އެކި ރަށްރަށަށް ފުލުހުން ބަހާލާފައިވާ ގޮތް އަލުން ބެލުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އެދިވަޑައިގެންފި އެވެ.

ހޯމް މިނިސްޓަރު މިކަމަށް އެދިވަޑައިގެންފައިވަނީ، ވަޒީފާ އަދާ ކުރަނިކޮށް މަރުވި ފުލުހުންގެ ހަނދާނުގައި އިސްކަންދަރު ބިލްޑިންގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނީ އެންމެ ހަރަދު ކުޑަ ގޮތަކަށް އެކަން ކުރުމަށް ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 114 ރަށަކަށް ފުލުހުންގެ ހިދުމަތް ނުލިބޭ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ އެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ދިނުން ކަމަށާއި އެކަމަކު ސަރުކާރުގެ ހަރަދުތައް ހުންނަ ގޮތުން ގިނަ އަދަދެއްގެ މީހުން ފުލުހުންގެ ވަޒީފާއަށް ވައްދައި، އެ ހުރިހާ ރަށަކަށް މީހުން ފޮނުވަން ފަސޭހަ ނޫން ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ފުލުހުން ރަށްރަށަށް ބަހާލާއިރު ފުލުހަކު ކޮންމެހެން ބޭނުން ނުވާ ތަނަކަށް ސިވިލް ސްޓާފެއް ހަމަޖައްސައި، އެ ފުލުސް މީހާ ކޮންމެވެސް އެހެން ތަނެއްގައި ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މިގޮތުގެ މަތިން މުޅި ރާއްޖެއަށް ފުލުހުން ބަހާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު