ވަކި ބޭފުޅަކަށް ނައިބު ރައީސްކަން ނުދިނުމަށް ދަންނަވާފައެއްނޯންނާނެ: މައުމޫނު
ވަކި ބޭފުޅަކަށް ނައިބު ރައީސްކަން ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ދަންނަވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ވެރިކަން ހިންގާ ޕީޕީއެމްގެ ރައީސް މައުމޫނު އަބުދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ވަކި ބޭފުޅަކަށް ނައިބު ރައީސްކަން ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ދަންނަވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ވެރިކަން ހިންގާ ޕީޕީއެމްގެ ރައީސް މައުމޫނު އަބުދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން އޮމާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެން ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް މައުމޫނު ވިދާޅުވީ، ނާއިބު ރައީސްކަމުގެ މަގާމަށް ވަކި ބޭފުޅަކު ގެނައުމަށް، ނުވަތަ ވަކި ބޭފުޅަކު ނުގެނައުމަށް ރައީސުލް ޖުމްހޫރިއްޔާ އަށް ދެންނެވުމުގެ އިހްތިޔާރު ގާނޫނުއަސާސީން ލިބިދީފައިނުވާ ކަމަށެވެ.
"އަޅުގަނޑަކީ ވަރަށް ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިތާ ހަމަ ހުރިހާ ގާނޫނުތަކަށް ބޯލަނބާ މީހަކަށްވާތީ އަޅުގަނޑު ނުދަންނަވަން ނައިބު ރައީސްކަން ވަކި ބޭފުޅަކަށް ދެއްވާށޭ ނުވަތަ ނުދެއްވާށޭ،" މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ، "އިންތިހާބުވެފައިވާ ނައިބު ރައީސަކު ސަބަބަކާހުރެ އެމަގާމު ދޫކޮށްލައްވަން ޖެހިވަޑައިގެންފިނަމަ ނުވަތަ އެމަގާމު ހުސްވެއްޖެއްޔާ ދެން އެމަގާމަށް ބޭފުޅަކު އައްޔަންކުރަން މިއޮންނަނީ ގާނޫނުއަސާސީގައި ބުނެފައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަމެކޭ. ރައީސުލްޖުމްހޫރިއްޔާ އެކަން ކުރައްވާފައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ. މަޖިލީހުން އެނަން ފާސްކުރަންޖެހޭ. މިގޮތަށް މިއޮންނަނީ،” ކަމަށެވެ.
ރައީސް މައުމޫނު މިމޭރުމުން މިއަދު ވާހަކަ ދައްކަވާފައިވާއިރު، މިހާރު ހުންނެވި ނާއިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށް އެ މަގާމުން ދުރު ކުރުމަށްފަހު ނާއިބުރައީސްގެ މަގާމަށް ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު އައްޔަން ކުރުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ކުރަމުންދާ މަސައްކަތާމެދު ރައީސް މައުމޫނު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާކަމަށް ވަނީ އަޑު ފެތުރިފަ އެވެ.
ނާއިބު ރައީސް ކަމުގެ މަގާމުން ޑރ.މުހައްމަދު ޖަމީލު އަހުމަދު ވަކި ކުރުމަށް މަޖިލީހުން ނަގަންޖެހޭ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 61 މެންބަރުންގެ ސޮޔާއެކުގަ އެވެ.
އަދި އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު ގާނޫނުއަސާސީގައި ބުނެފައިވާގޮތުގެ މަތިން ޖަވާބުދާރީވުމަށް ޑރ.ޖަމީލަށް ދެއްވި ފުރުސަތުވެސް ވަނީ މިމަހުގެ 13 އަށް ހަމަވެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު