އަދާލަތު ޕާޓީގެ ހާރިޖީ ކޮމިޓީގެ ރައީސް ކަމުގެ މަގާމުން ޝަހީމް އިސްތިއުފާ ދެއްވައިފި
އަދާލަތު ޕާޓީގެ ހާރިޖީ ކޮމިޓީގެ ރައީސް ކަމުގެ މަގާމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވައިފި އެވެ.
އަދާލަތު ޕާޓީގެ ހާރިޖީ ކޮމިޓީގެ ރައީސް ކަމުގެ މަގާމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވައިފި އެވެ.
ޔުނިވާސިޓީގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާގެ މަގާމަށް އިސް ކުރައްވާފައިވާ ޝަހީމު، އަދާލަތު ޕާޓީގައި އޭނާ އަދާލަތު ޕާޓީގައި އަދާކުރައްވަމުން ގެންދެވި މަގާމުން އިސްތިއުފާ ދެއްވިކަން ހާމަ ކުރައްވާފައިވަނީ ކުރެއްވި ޓުވީޓެއްގަ އެވެ.
ޝަހީމް މިއަދު ކުރެއްވި އެ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނު އެކަމަށް ލާޒިމު ކުރާތީ ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން އަބުދުﷲ އަށް ފޮނުއްވި އިސްތިއުފާގެ ސިޓީވެސް ޑރ.ޝަހީމު ވަނީ ފޭސްބުކް ގައި ޝެއާ ކުރައްވާފަ އެވެ.
އެ ސިޓީގައި ވިދާޅުވެފައިވަނީ، "އަޅުގަނޑު ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާ ސިޓީގެ ވައިސްޗާންސެލަރު ކަމުގެ މަގާމަށް އައްޔަން ކުރުމާއި ގުޅިގެން ގާނޫނުގައިވާގޮތުގެ މަތީން ތިޔަ ޕާޓީގެ ހާރިޖީ ކޮމިޓީގެ ރައީސްކަމުން މިއަދުންފެށިގެން އިސްތިއުފާ ދީފިން" ކަމަށެވެ.
އަދާލަތު ޕާޓީގެ ހާރިޖީ ކޮމިޓީގެ ރައީސް ކަމުން ޝަހީމް އިސްތިއުފާ ދެއްވި ނަމަވެސް އޭނާ އަދި ވެސް ހުންނެވީ އެޕާޓީގެ މެމްބަރެއްގެ ގޮތުގަ އެވެ.
އިސްލާމިކު ޔުނިވާސިޓީގެ ވައިސް ޗާންސެލާގެ މާގަމު ޝަހީމަށް ރައީސް އަބްދުﷲ ޔާމީން ދެއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ވެސް އިންނަވާ ޝަހީމަކީ އިސްލާމިކް ޔުނިވާސިޓީ އުފެއްދުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އިސްލާމިކް ޔުނިވާސިޓީގެ ބިލް ޑްރާފްޓު ކުރުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ރައީސް ޔާމީން އެކުލަވާލެއްވި ކޮމެޓީ ޗެއާކުރައްވާފައި ވަނީ ވެސް ޑރ. ޝަހީމެވެ.
އޭނާ ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީން ތައުލީމް ހާސިލްކުރާ ދަރިވަރުންނަކީ އިލްމީގޮތުން ގާބިލް ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު