ރޯދަނުހިފައި ކާންހުރި މީހަކު ފިހާރައަކުން އަތުލައިގެންފި

image މައްސަލައަކާއި ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަނީ - ޕޮލިސް ފައިލް ފޮޓޯ

ރަމަޟާން މަހުގެ ދުވާލު ވަގުތުގައި ފިހާރައެއްގެ ތެރޭގައި ޗޮކްލެޓެއް ކާން ހުރި މީހަކު މިއަދު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރުކޮށްފައިވަނީ އުމުރުން ފަންސަތިރީސް އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު 11:10 އެހައިކަންހާއިރު އެވެ. އޭނާ ހަައްޔަރު ކޮށްފައިވަނީ މަޖީދީ މަގުގައި ހުރި ފިހާރައަކުންނެވެ. އޭނާ އެތަނުން ހައްޔަރުކުރީ ފިިހާރައިން ޗޮކްލެޓެއް ގަނެގެން ކާންހުއްޓައެވެ. އެކަމުގެ މައުލޫމާތު ލިބުނު ގޮތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް