އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވާން ނާއިބު ރައީސަށް ނޯޓިސް ފޮނުވައިފި
އިތުބާރު ނެތް ކަމަށް ފާސްކޮށްގެން ނައިބު ރައީސް ކަމުގެ މަގާމުން ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ގާނޫނުއަސާސީގައި ބުނާ 14 ދުވަހުގެ ނޯޓިސް މިހާރު ޑރ.ޖަމީލަށް ފޮނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

ގާނޫނޫ އަސާސީ ގައި ބުނެފައިވަނީ، ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ވޯޓަށް އެހޭނީ 14 ދުވަހުގެ ނޯޓިސްއެއް އެރުވުމަށް ފަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ގާނޫނުއަސާސީގައި ބުނާ 14 ދުވަހުގެ ނޯޓިސް ޑރ. ޖަމީލަށް ފޮނުވީ އެ މައްސަލަ މަޖިލީހަށް ލިބުނު ދުވަސް ކަމުގައިވާ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. މަޖިލީހަށް ޖަވާބުދާރީވުމަށް ނައިބު ރައީސް ޖަމީލަށް ދިން ނޯޓިހުގެ މުއްދަތު ހަމަވާނީ މި މަހު 13 އަށެވެ.
ނަމަވެސް އެ މައްސަލަ އެޖެންޑާ ކުރާނެ ދުވަހެއް މަޖިލީހުގެ އިދާރާ އިން އަދި ބުނެފައެއްނުވެ އެވެ. ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 61 މެންބަރުންގެ ސޮޔާއެކުގަ އެވެ. އިތުބާރުނެތް ކަމަށް ފާސްކުރަން ބޭނުންވަނީ 57 ވޯޓެވެ.
ކިޔުންތެރިންގެ ހިޔާލު