ކާނަލް ނާޒިމްގެ ޤާނޫނީ ވަކީލަކަށް ޙުސްނުއްސުޢޫދު
ޖަލުގައި 11 އަހަރުގެ ޙުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ޑިފެންސް މިނިސްޓަރ ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމްގެ މައްސަލައިގެ އިސްތިއުނާފް މަރުޙަލާގެ އިސް ފަނޑިޔާރަކަށް ކުރީގެ ބަންޑާރަނާއިބް އަލްއުސްތާޒު ޙުސްނުއްސުޢޫދު ހަމަ ޖައްސަވައިފިއެވެ.
ޖަލުގައި 11 އަހަރުގެ ޙުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ޑިފެންސް މިނިސްޓަރ ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމްގެ މައްސަލައިގެ އިސްތިއުނާފް މަރުޙަލާގެ އިސް ފަނޑިޔާރަކަށް ކުރީގެ ބަންޑާރަނާއިބް އަލްއުސްތާޒު ޙުސްނުއްސުޢޫދު ހަމަ ޖައްސަވައިފިއެވެ.
ނާޒިމްގެ ޤާނޫނީ ވަކީލުންގެ ރަސްމީ ޓްވީޓަރއިން ބުނެފައިވަނީ އިސްތިއުނާފް މަރުޙަލާގައި ނާޒިމްގެ ވަކީލަކަށް ސުޢޫދު ހަމަޖެއްސެވީ ނާޒިމްގެ ޤާނޫނީ ވަކީލުންގެ ޓީމުގައި މިހާރު އިސްކޮށް ހުންނެވި އަލްއުސްތާޒު މައުމޫން ޙަމީދު ބޭސްފަރުވާ އަށް އެއްމަހަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހުމުންނެވެ.
މައުމޫން ޙަމީދު ވިދާޅުވެފައިވަނީ ނާޒިމުގެ މައްސަލަ އިސްތިއުނާފް ކޮށްފައިވާތީ ބޭނުންފުޅުވަނީ ވީހާވެސް އަވަހަކަށް އެކަމުން ނާޒިމަށް އިންސާފު ލިބުން ކަމަށެވެ. ވަކީލެއް ހަމަ ނުޖައްސަވައި މައުމޫން ބޭރަށް ވަޑައިގެންފި ކަމަށްވާނަމަ ނާޒިމަށް އިސްތިއުނާފް ލިބުން ލަސްވެދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް މައުމޫން ޙަމީދު ވަނީ ވިދާޅުވެފައެވެ.
މައުމޫން ކުރިންވެސް އަދި މިހާރުވެސް ވިދާޅަނީ ކާނަލް ނާޒިމްގެ އެއްވެސް ކުށެއް ނެތްކަމަށެވެ. އެމަނުކުފާނު ވަނީ ފްރޭމް ކޮށްފައި ކަމަށެވެ. އެހެން ކަމުން ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ އިންސާފުން ކޮށްފައިވާ ދަޢުވާއެއް ނޫންކަމަށާއި ނާޒިމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމަކީވެސް އިންސާފުވެރި ޝަރީޢަތަކުން ކޮށްފައިވާ ޙުކުމެއް ނޫންކަމަށެވެ.
ނުރައްކާތެރި ހަތިޔާރު ރާއްޖެ އެތެރެކުރުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހުއެވެ. ނާޒިމް ޙުކުމް ތަންފީޒުކުރަމުން ގެންދަނީ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައެވެ.
ނާޒިމް މިހާރު ހުންނެވީ ސިންގަޕޫރުގައެވެ. ބޭސްފަރުވާއަށް އެމަނިކުފާނަށް ދީފައިވާ 45 ދުވަސް މިއަދު (24 މެއި) ހަމަވާނެއެވެ. އެހެން ކަމުން މިއަދު ހެނދުނުގެ ވަގުތެއްގައި ނާޒިމް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނާޒިމްގެ ޢާއިލާއިންވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު