ޢަލީވަޙީދާއި، ޢިމްރާނާއި، އަމީން އިބްރާހީމްގެ ބަންދަށް 15 ދުވަސް ޖަހައިދީފި

"އަނިޔާވެރިކަން ނިންމަން" މޭޑޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރި، އެމްޑީޕީގެ ޗެއަރޕާސަން ޢަލީ ވަޙީދާއި، ޢަދާލަތުޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲއާއި، ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރ އަމީން އިބްރާހީމް ގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓޫން މިރޭ ދީފިއެވެ.

އައްޝައިޚް އިމްރާންގެ ބަންދާމެދު ގޮތެއް ނިންމަން ފުލުހުން ކޯޓުގައި އެދިފައިވަނީ މުޖުތަމަޢުގެ ސަލާމަތާއި އަމަނަށް ނުރައްކާވާ ފަދަ ވާހަކަތައް ދައްކާފައިވާތީ ކަމަށް ބުނެއެވެ. އަދި އެވާހަކަތަކުގެ ސަބަބުން ހުކުރުދުވަހުގެ މުޒާހަރާގައި ހަމަނުޖެހުން ހިނގާފައިވާ ކަމަށް ފުލުހުންވަނީ ތުހުމަތުކޮށްފައެވެ. ފުލުހުންގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް ގާޒީވަނީ 15 ދުވަހަށް ޢިމްރާން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ޢަލީ ވަޙީދާމެދު ފުލުހުން ކޮށްފައިވާ ތުހުމަތަކީ ހުކުރުދުވަހުގެ މުޒާހަރާގައި އަނިޔާވެރި ޢަމަލް ހިންގުމަށް ބައިވެރިންނަށް ހިތްވަރުދިނުމެވެ. އަދި އޭގެ ސަބަބުން މުޒާހަރާގައި ފުލުހުންނާއި، ޢާއްމުންގެ މުދަލަށް ގެއްލުންވެފައިވާ ކަމަށްވް ފުލުހުން ބުނެފައިވެއެވެ. ފުލުހުންގެ ހެކިތަކަށް ބެއްލެވުމަށްފަހު ޢަލީ ވަޙީދު ވެސް 15 ދުވަހަށް ބަންދު ކުރުމަށްވަނީ އަމުރު ދީފައެވެ.

ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމަށް ވެސް ވަނީ މިއަަދުގެ މުއްދަތު މަޖިލީހުގައި 15 ދުވަސް ޖަހައިދީފައެވެ. އަމީންގެ މައްޗަށްވެސް ތުހުމަތު ކޮށްފައިވަނީ ސަލާމަތަށް ނުރައްކާވެދާނެ ވާހަކަ ދެއްކެވުމެވެ.މުޒާހަރާގައި ހުކުރު ދުވަހުގެ ރޭ ދަންވަރު ހައްޔަރު ކުރި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި، ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ދެބޭފުޅުންވެސް ހައްޔަރު ކޮށްފައިިވަނީ ޢަލީ ވަޙީދު އުޅުއްވާ އެޕާޓުމެންޓުންނެވެ. އަމީން ހައްޔަރުކޮށްފައިވަނީ މ. ކުނޫޒުގައި އިންނަވަނިކޮށްނެވެ.

އޭބެފުޅުންގެ އިތުރަށް 175 މީހުންގެ ބަންދަށްވެސް ކޯޓުންވަނީ 15 ދުވަސް ޖަހައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް