މަގުމައްޗަށް ނުކުންނަން ޖެހުނީ ރައީސް ޔާމީންގެ އަނިޔާވެރިކަން އިންތިހާއަށް ދިޔުމުން- ޝިފާޒު

image ޝިފާޒު

އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުންނަށް ޖެހުނީ ރައީސް ޢަބްދުﷲ ޔާމީންގެ އަނިޔާވެރިކަން އިންތިހާއަށް ދިޔުމުން ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒު ރޭ ވިދާޅުވެއްޖެއެވެ.

"އަނިޔާވެރިކަމާދެކޮޅަށް ދިވެހީން" ގެ ނަމުގައި މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުންނަން މަޖުބޫރުވީ ރައީސް ޔާމީންގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ދިޔުމުން އެކަމުން ސަލާމަތްވާނެ މަގެއް ހޯދުމަށް ކަަމަށެވެ. އެގޮތުން މޭމަހުގެ އެއްވަނަ ދުވަހު ވީހާވެސް ގިނަމީހުން މާލެއައިސް މިސަރުކާރުގެ އަނިޔާވެރިކަން ނައްތާލުމަށް މަަސައްކަތް ކުރުމަށް ޝިފާޒު ގޮވައިލެއްވިއެވެ. އެދުވަހު ގެއަށްދާނީ ފުރިހަމަ ކާމިޔާބު ހޯދައިގެން ކަމަށްވެސް ވިދާޅުވިއެވެ.

މާދަމާއަކީ ވިލާގްރޫޕުގެ ޗެއަރމަން ޤާސިމް އިބްރާހީމްގެ އެކައުންޓްތައް ސަރުކާރުން ފްރީޒް ކޮށްލާނެ ކަމަށް ބެލެވޭ ދުވަސް ކަމުން އެކަމާބެހޭ ގޮތުންވެސް ޝިފާޒުވަނީ ވާހަކަ ދައްކާފައެވެ.

ޝިފާޒު ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރުމަކީ އެ ރައްޔިތުންގެ އެކައުންޓްތް ފްރީޒް ކޮށްލުން ކަމަށެވެ. އެކައުންޓްތައް ފްރީޒު ކުރަނީ ވީލާއިން ދައުލަތަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ބުނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދެއްކުމުންނެވެ.

ޤާސިމްގެ އެކައުންޓުތައް ފްރީޒް ކުރުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށާއި ޚާއްސަކޮށް ޤާސިމްގެ މުވައްޒަފުނާއި، ޢާއިލާތަކަށް އެކަމުންވާ ގެއްލުން ބޮޑުވާނެ ކަމަށްވެސް ވިދާޅުވިއެވެ. ޝިފާޒު ވިދާޅުވީ ޤާސިމް އިބްރާހީމްގެ އެކަންއުންޓްތައް ފްރީޒް ކުރުމަކީ ރާއްޖޭގެ އިޤްތިސާދު "ފުނޑައިލުން" ކަމަށެވެ. އެއީ ރައްޔިތުންނަށް އަނިޔާވެރިވުންކަމަށްވެސް ވިދާޅުވިއެވެ. އަނިޔާވެރިނުވެ ވާހަކަ ދައްކައިގެން ކަންކަން ރަނގަޅު ކުރުމަށްވެސް ޝިފާޒު ގޮވައިލެއްވިއެވެ. މަޝްވަރާގެ މޭޒަށް ވަޑައިގެން މަޝްވަރާ ކުރެއްވުމުގެ ވަގުތު އަދިވެސް ނުގެއްލޭ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ފުރުސަތު އޮތަސް ރައީސް ޔާމީންވަނީ "ސުލްހައިގެ މޭޒު" އިޚްތިޔާރު ނުކޮށްފައި ކަމަށާއި، މުހުލަތު ކުރުވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް