ސިއްހަތު ދުވަހާ ގުޅިގެން ބޭއްވި ހަވީރުގައި ފުލުހުން ބައިވެރިވެއްޖެ
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ފުލުހުން ބައިވެރިވެއްޖެއެވެ.
މިމަހުގެ 10 ވަނަ ދުވަހު ހަވީރު ފޭދު ބަނދަރު ސަރަހައްދުގައި ކުރިޔަށް ގެންދިޔަ އެ ހަރަކާތުގައި އައްޑޫ ސިޓީ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންވަނީ ބައިވެރ ސްޓޯލެއް ޤާއިމްކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު މަޢުލޫމާތު ދިނުމުގެ އިތުރުން ފުލުހުންގެ ޔުނީފޯމްގައި ފޮޓޯ ނެގުމާއި ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު މަޢުލޫމާތު ހިމެނޭ ލީފްލެޓްތައް އެ ސްޓޯލްގައި ވަނީ ބަހާފައެވެ.
އެ ހަވީރުގައި ފުލުހުން ގާއިމުކޮށްފައިވާ ސްޓޯލްއަށް އާއްމު ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު