މާރާމާރީއެއްގައި މީހެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްފި

image މާރާމާރީއެއް ހިންގަން ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ ބައެއް ތަކެތި-ފޮޓޯޕޮލިސް

މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި 32 އަހަރުގެ ދިވެހި ފިރިހެއްނެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމް ކޮށްލައިފި ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ 11:00 އެހައިކަންހާއިރު މއ. ކޫލިންވިލާ ކައިރީ ހިނގި ޙާދިސާގައި އަނިޔާވި މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ ޒަޚަމުގެ ތަފްސީލެއް އެނގިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް ލިބިފައިވަނީ އެހާ ސީރިއަސް ޒަޚަމެއް ނޫނެވެ. އެމީހާއާ ބެހޭ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެމާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުންޏެވެ.ނަމަވެސް އެމައްސަލަ ބަލަމުންދާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފަހަކަށް އައިސް މާލޭގައިވަނީ މާރާމާރީއާއި، މީހުން މެރުން އިތުރުވެފައެވެ. އެކަން ހުއްޓުވުމަށް ފުލުހުންނާއެކު ސިފައިންވެސް ގެންދަނީ ޙަރަކާތްތެރި ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް