ހިތަދޫގެ އެކްސިޑެންޓްގައި ބޮޑަށް އަނިޔާވި އަޔާދު ނިޔާވެއްޖެ

image

ސ. ހިތަދޫ ލިންކުރޯޑުގައި މިއަދު ހިނގި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވި އެރަށު ސޭވާ، މުޙައްމަދު (16 އ) އަޔާދު މިރޭ ނިޔާވެއްޖެ ކަމަށް ހިތަދޫ ހޮސްޕިޓަލުން ބުނެފިއެވެ.

އެހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ޢަލީ މޫސާ ވިދާޅުވީ އޭނާ ނިޔާވެފައިވަނީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 12:45 އެހައިކަންހާއިރު ކަމަށެވެ. އޭނާ ނިޔާވީ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ތައްޔާރު ވެފައިވަނިކޮށްނެވެ.

"އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އޭނާގެ ޙާލު އިތުރަށް ދެރަވާން ފެށީމާ ޑޮކްޓަރ ލަފާ ދެއްވީ އޭނާއަށް ދަތުރު ނުކުރެވޭނެކަމަށް. ނަމަވެސް މިރޭ ދިހަގަޑި ސާޅީސްފަހެއް އެހައިކަންހާއިރު އެކަކުވަނީ މާލެ ފުރުވާލާފައި. އެއީ އެކްސިޑެންޓުގައި ދެން އެންމެ ބޮޑަށް އަނިޔާވި ސައިފުﷲ،" ޢަލީ މޫސާ ވިދާޅުވިއެވެ.

މިއެކްސިޑެންޓުގައި އަނިޔާވި މައިހާ އަދިވެސްއޮތީ ހޮސްޕިޓަލުގައި ކަމަށާއި، އޭނާގެ ޙާލު އެހާ ސީރިއަސް ނޫންކަމަށެވެ. ނަަމަވެސް އިތުރު ޓެސްޓް ހަދަން ބޭނުންވާތީ އޭނާ މާދަމާ މާލެ ފޮނުވަން ހަމަޖެހިފައިވާ ކަމަށް ޢަލީ މޫސާ ވިދާޅުވިއެވެ.

އެކްސިޑެންޓް ހިނގި ވަގުތު މައިހާ އިނީ ސައިފްﷲ ގެ ސައިކަލް ފަހަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް