ޒުވާން މަސްވެރިންނާއި އޮޑިވެރިން އިތުރުކުރުމުގެ ލޯނު ސާދަ ފަރާތަކަށް ދީފި

image

ޒުވާން މަސްވެރިންނާއި އޮޑިވެރިން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވާ 8.6 ރުފިުޔާގެ ލޯނު 14 ފަރާތަކަށް މިއަދު ހަވާލު ކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމީހުންނާ ލޯނު ހަވާލު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.

މިލޯން ސްކީމްގެ 60 ޕަސެންޓް އަމާޒުކޮށްފައި ވަނީ ޒުވާން ‏‏‏މަސްވެރިންނަށް ކަމުގައި ފިޝަރީޒް މިނިސްޓްރީން ވަނީ ހާމަކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ‏‏މަސްވެރިކަމުގެ ދާއިރާއަކީ ދިވެހިރާއްޖޭގައި އަބަދުވެސް ވަރަށް ‏‏ބޮޑެތި ގޮންޖެހުންތަކަކާ ‏‏ކުރިމަތިލާންޖެހޭ ދާއިރާއެއް ކަމަށެވެ. އެހެން ކަމުން މިސްކީމުގެ ބޭނުމަކީ ‏ޒުވާން މަސްވެރިންނާއި ‏‏އޮޑިވެރިންނަށް ހިތްވަރުދީ އިޤްތިޞާދު އާރާސްތު ކުރުން ކަމަށެވެ. ‏

‏އެމަނިކުފާނު ވިދާޅުވީ އިޤްތިޞާދީ ކަންކަމުގައި ގިނަބަޔަކަށް ބައިވެރިވެ އޭހެ މަންފާ ލިބޭނެ ގޮތަށް ހުޅުވިފައި އޮތުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން ހިންގާ މިފަދަ ޕްރޮގްރާމުތަކުގައި ގިނަ ‏‏ޒުވާނުން ބައިވެރިވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ‏‏ލޯންސްކީމުގައި ބައިވެރިވާ ޒުވާނުންގެ އަދަދު އިތުރުވާނަމަ، މި‏މަޝްރޫއަކީ މިއަށްވުރެ ‏‏ވަރުގަދައަށް، ބޮޑެތި ޢަދަދުގެ ފައިސާ، ސަރުކާރުގެ ‏‏ބަޖެޓުން ހަމަޖައްސައިދެވޭނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...