ތަލްހަތާ ދެކޮޅަށް ދެ މީހަކު ހެކިބަސް ދީފި
އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގިރިފުށީގައި ގެންގުޅުނު މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރ ތަލްހަތު އިބްރާހީމް ކަލޭފާނާ ދެކޮޅަށް ސިފައިންގެ ދެބޭފުޅަކު ހެކިބަސް ދީފިއެވެ.
ތަލްހަތާ ދެކޮޅަށް ހެކިބަސް ދިން ފުރަތަމަ ބޭފުޅަކީ ސިފައިންގެ ސައިކޮލޮޖިސްޓު ޢާއިޝަތު ޒީނާއެވެ. ހެކިބަސް ދެއްވަމުން އޭނާ ވިދާޅުވެފައިވަނީ، އަބްދުﷲ ގާޒީއާއި އޭނާގެ އާއިލާ އެއްކޮށް އިނގިރޭސި ވިލާތަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ ތަލްހަތު ގާޒީއަށް ފޮނުއްވި މެސެޖެއް ޒީނަތަށް ގާޒީ ދެއްކެވި ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ގާޒީ ދެއްކެވި އެއްވެސް ވާހަކައެއް ހަނދާން ނެތްކަމަށް ވެސް ބުނެފައިވެއެވެ.
ސިފައިންގެ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މާގާމުގައި ހުންނެވި ފަރުހަތު ޝަހީރު ހެކިބަސް ދެއްވަމުން ވިދާޅުވީ ފުލުހުންނަށް އެހީތެރިވާން ސިފައިން ޚާއްސަ އޮޕަރޭޝަނެއް ހިންގަން އުޅޭކަމާއި އެ އޮޕަރޭޝަނުގައި އާންމުންގެ ބައެއް މީހުން ހައްޔަރުކުރަން ޖެހިދާނެކަން ސިފައިންގެ އިސް ވެރިންނާ ބައްދަލު ކުރައްވައި ތަލްހަތު ވިދާޅުވި ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު