މުޒާހަރާއަށް ވަޑައިނުގެން ނުހުންނެވޭނެ ކަމަށް ވިދާޅުވުމުން އެމްޕީ ފައްޔާޒު ބަންދުކޮށްފި
މާލޭގައި ރޭބޭއްްވި މުޒާހަރާ އިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ގަމުދާއިރާގެ މެންބަރ ފައްޔާޒު އިސްމާއީލްގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން ޖަހައިދިފިއެވެ.
އޭނާގެ ބަންދުގެ މުއްދަތު 15 ދުވަސް ޖެހީ މުޒާހަރާއަށް ނުގޮސް 60 ދުވަސް ހުންނެވުމަށް ފަނޑިޔާރު ނިންމެވުމުން މުޒާހަރާއަށް ވަޑައިނުގެން ނުހުންނެވޭނެ ކަމަށް މިއަދުގެ އަޑުއެހުމުގައި ވިދާޅުވުމުންނެވެ.
ރޭގެ މުޒާހަރާގައި 25 މީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ފައްޔާޒާއި، އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒާއި، ހުޅުމީދޫ ދާއިރާގެ ކުރީގެ އެމްޕީ އިލްޔާސް ލަބީބު ހިމެނި ވަޑައިގަންނަވައެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން 22 މީހަކު މިއަދުވަނީ ދޫކޮށްލައިފައެވެ. ކްރިމިނަލް ކޯޓުން އެމީހުން ދޫކުރީ 60 ދުވަސް ވަންދެން މުޒާހަރާ އަށް ނުދިއުމަށް ޝަރުތު ކުރުމަށްފަހުއެވެ.
ކިޔުންތެރިންގެ ހިޔާލު