ނަޝީދު މިނިވަން ކުރުމަށްއެދި އެއާރޕޯޓްގައި ގޮވާލި މީހުން ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި

image

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މިނިވަން ކުރުމަށް އެދި ގޮވާލައި އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރި އެމްޑީޕީގެ މެންބަރުން ދޫކޮށްލުމަށް އެޕާޓީން ގޮވާލައިފިއެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް އެދި އެއާޕޯޓުގައި މުޒާހަރާ ކޮށްފައިވަނީ އެމްޑީޕީގެ 14 އަންހެން މެންބަރުންނާއި ފިރިހެނެކެވެ.

އެއާޕޯޓުގައި މިއަދު ހަވީރު އެމީހުން މުޒާހަރާ ކޮށްފައިވަނީ ކްރިމިނަލްކޯޓުގެ އިސްގާޒީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާތީ އެމަނިކުފާނު ދޫކޮށްލުމަށެވެ.

އެމްޑީޕީން ބުނެފައިވަނީ އެމީހުން އެއާޕޯޓުގައި އިހުތިޖާޖުކޮށްފައިވަނީ ސުލްހަވެރި ކަމާއެކުގައެވެ. ނަމަވެސް އެމީހުން އަޑުއުފުލަންތިއްބާ ފުލުހުންވަނީ އެމީހުން ހައްޔަރު ކުރުމަށްފަހު ދޫނިދުއަށް ގެންގޮސްފައެވެ.

ފުލުހުން ބުނެފައިވަނީ މިރޭ 11.30 ގައި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެންމެން ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ. މިހާތަނަށް އޭގެތެރެއިން އެކަކުވެސް ދޫކޮށްފައި ނުވާކަމަށްވެސް ފުލުހުންގެ މީޑިއާއިން ބުންޏެވެ.

ރައީސް ނަޝީދު ހައްޔަރު ކުރުމުން އެމްޑީޕީއާއި އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ މުޒާހަރާތަކާއި އިހުތިޖާޖުތައް އެކިގޮތްގޮތަށް ކުރަމުންނެވެ. މާދަމާ ކަނޑުމަތީގެ މުޒާހަރާއެއް ކުރުމަށްވެސް އެމްޑީޕީންވަނީ ނިންމާފައެވެ.

އެމްޑީޕީން ބުނެފައިވަނީ ރައީސް ނަޝީދު މިނިވަން ނުކުރާހާ ހިނދަކު މިފަދަ ސުލްހަވެރި ސީދާހަރަކާތުގެ އިހްތިޖާޖްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް