ރައްޔިތުން ބަލައިގަންނަން އުނދަގޫ ކަންތައްތަކެއް ސަރުކާރުންވަނީ ފަށައިފައި-އިމްރާން
ރައީސް ޔާމީންގެ ސަރުކާރުން މިހާރު ގެންދަނީ ރައްޔިތުންނަށް ބަލައިގަންނަން އުނދަގޫ ކަންތައްތަކެއް ކުރަމުން ކަމަށް ޢަދާލަތުޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި މިހާރުގެ ސަރުކާރުގެ ކަންކަން ކުރިއަށް ގެންދަނީ ރަނގަޅު މިސްރާބަކަށް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން ޢިމްރާން ވިދާޅުވީ ސަރުކާރުން ޢަމަލުކުރަމުން ގެންދަނީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިފާއިވާ މުހިންމު ޙައްގިތަކެއް އުނިވާ ގޮތަށް މަސައްކަތް ކުރަމުން ކަމަށެވެ.
ޢިމްރާން ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތަކާއި، ޙައްގުތަކަށް އަރައިގަތުންދަދަ ކަންކަން މިސަރުކާރުންވެސް މިހާރު ފެންނަން ފަށައިފިއެވެ. ފާއިތުވި ދުވަސްތަކުގައި އެކަންކަން ރަނގަޅު ކުރުމަށް ސަރުކާރާ ވާހަކަ ދެއްކެވި ކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ. މީޑިއާ ހަމައަށް އެކަންތިލަކޮށް ފާޅުގައި އެވާހަކަ ދައްކަވަން ފެށްޓެވީ ޢަދާލަތު ޕާޓީން ކުރެއްވި މަސައްކަތުން ނަތީޖާއެއް ނުލިބުމުން ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން މިހާރު ކަންކަން ކުރަމުންދާ އުސޫލުގެ ނަތީޖާއަކަށްވެގެންދަނީ ރައްޔިތުންގެ ހިތްތައް ނުތަނަވަސްވެ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓުން ކަމަށްވެސް ވިދާޅުވިއެވެ.
ޢިމްރާން ވިދާޅުވީ ޢަދާލަތުޕާޓީން ސަރުކާރާ ބައިވެރިވީ ޢަދުލު އިންސާފުގެ މަތިން އޮމާން ކަމާއެކު ކަންން ކުރަމުންދާނެ ކަމުގެ މަތިވެރި އުންމީދުގައި ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމްކޮށް ކޮރަޕްޝަނާއި ފަސާދަ ރާއްޖެއިން ނައްތާލާނެ ކަމުގެ އުންމީދުގައި ކަމަށްވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް ސަރުކާރުންވަނީ އެކަންކަމުން އެފަރާތްވެފައި ކަމަށްވެސް ވިދާޅުވިއެވެ. އެކަންކަމާ ދުރަށްގޮސް "އެހެން މިސްރާބަކަށް ދަތުރުކުރަން ފަށާ ހިސާބަކަށް ދިއުމުން، އަޅުގަނޑު ހިތުން ޢަދާލަތު ޕާޓީގެ ޙައްޤު އެ ދުވަހުވެސް އަދާކުރި ފަދައިން މިއަދު ވެސް އެބަ އަދާކުރަންޖެހޭ،" ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު