ޖައިލަމްގެ މަރާގުޅިގެން ދެމީހަކު ހައްޔަރުކޮށްފި

image

ހެންވޭރު ހަންޑްރެޑްފްލާވަރ، ޖައިލަމް އަޙްމަދު ޝާކިރު (23އ) މަރުވި މައްސަލައާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 19 އަހަރުގެ ޒުވާނަކާއި، 22 އަހަރުގެ ޒުވާނެއް ކަމަށެވެ. އެދެމީހުންނަކީވެސް ދިވެހިންނެވެ.

ފުލުހުން އެދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރެއް ހޯދައިގެންނެވެ. އެދެމީހުން ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ޖައިލަމަށް ތޫނުއެއްޗަކުން ހަމަލާދީފައިވަނީ ފާއިތުވި ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަރުބާރުގެ ކުރިމަތިން އޮންނަ އިރުދޭމާ ހިނގުމުގައި ހިނގި މަރާމާރީއެއްގައެވެ. އޭނާ މަރުވެފައިވަނީ ހަމަލާއަށްފަހު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށްނެވެ.

"ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫން، ޤާނޫން ނަމްބަރު 17/2010 އަށް 16 ޑިސެމްބަރ 2014 ގައި ގެނެވުނު ފުރަތަމަ އިޞްލާޙުގައި ބުނާގޮތުން އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރާތާ ގިނަވެގެން 15 ދުވަސްތެރޭގައި އެމީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅަން ވާނެއެވެ." ފުލުހުން ބުނެފައިވެއެވެ.

ޖައިލަމްގެ މަރުގެ މައްސަލަ ތަޙުޤީޤު ކުރަމުންދަނީ، މިފަދަ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކުރުމުގެ ގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގައި އެކުލަވާލާފައިވާ ޚާއްޞަ ތަޙުޤީޤު ޓީމަކުން ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް