ޓުވިޓަރ އަދި ފޭސްބުކު އެކައުންޓެއް ޑިފެންސް މިނިސްޓަރ ބޭނުމެއް ނުކުރައްވާ- އެމްއެންޑީއެފް

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު ފޭސްބުކުއެކައުންޓެއްވެސް އަދި ޓުވިޓަރ އެކައުންޓެއްވެސް ބޭނުންފުޅު ނުކުރައްވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފްއިން މިހެން ބުނެފައިވަނީ މިނިސްޓަރ މޫސާ ޢަލީ ޖަލީލުގެ ނަންފުޅުގައި ސޯޝަލް މީޑިއާގައި ޓުވިޓަރ އަދި ފޭސްބުކު އެކައުންޓް ބޭނުން ކުރަމުންދާތީ އެއީ އެމަނިކުފާނުގެ އެކައުންޓުތަކެއް ނޫންކަމަށް ބުނެ އެމްއެންޑީއެފް ވެބްސައިޓުގައި ޝާއިޢު ކޮށްފައިވާ ލިޔުމެއްގައެވެ.
އެލިޔުމުގައި ބުނެފައިވަނީ އެއީ "އަސްލެއް ނެތް ފޭކް އެކައުންޓް ތަކެއް" ކަމަށެވެ. ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު