ދައުރު ހަމަނުކޮށް ރައީސް ޔާމީން މިފަސްގަނޑު ދޫކުރައްވާނެ- އިންތި

image

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ރިޔާސް ދައުރުގެ ފަސްއަހަރު ހަމަވުމުގެ ކުރިން މިފަސްގަނޑު ދޫކުރައްވައި އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރ އިމްތިޔާޒު ފަހުމީ (އިންތި) މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ-ޖޭޕީ އިން މިރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުމް އިންތި ވިދާޅުވީ ރައީސް ޔާމީނަށްވަނީ ރައްޔިތުންގެ ތާއީދު ފިޔަވައި ވެރިކަން ހިންގުމުގެ ހުރިހާ ބާރެއް ލިބިވަޑައިގެންފައި ކަމަށެވެ. "އެބާރު ލިބިވަޑައިގެން ހުނަންވައިގެން މުޑުދާރު ޢަމަލު ކުރައްވަމުން ގެންދަވަނީ މިއީ އެމަނިކުފާނުގެ ވެރިކަމުގެ ފަހުވަގުތުކޮޅުކަން އެނގިވަޑައިގަންނަވާތީ،" އިންތި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ޤާނޫނޫއަސާސީއާ ޚިލާފު ޢަމަލުތައް ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ. އެކަން ހުކުރު ދުވަހު ބޭއްވި މުޒާހަރާއިންވެސް ފާޅުވެއްޖެ ކަމަށް ވިިދާޅުވިއެވެ.

އިންތި ވިދާޅުވީ ރައީސް ޔާމީންގް ޢަމަލުފުޅު މިހާރު ހުންނެވި ގޮތުން ރައްޔިތުން ނިކުމެ ވެރިކަމުން އެމަނިކުފާނު ވެރިކަމުން ދުރުކުރާނެ ކަމަށެވެ. އޭގެ ކުރިން އަމިއްލަފުޅަށް ވެރިކަން ދޫކުރެއްވުންވެސް ވަރަށް ގާތް ކަމަށް ވިދާޅުވިއެވެ. އެހިސާބުން ދިވެހިފަސްގަނޑު ދޫކުރައްވައި އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރައްޔިތުންގެ ތާއީދެއް ނެތަސް ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން ގަދަބާރުން އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވަނީ. އެއީ ވެރިކަން ވެއްޓެން ގާތްވެއްޖެކަން އެނގޭ ކަމެއް،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ސަރުކާރުން ކުރަމުންދާ ދަޢުވާއަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ކުރަމުންދާ ދަޢުވާއެއް ނޫން ކަމަށެވެ. އެއީ ޣައިރު ޤާނޫނީ ދަޢުވާއެއް ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު މިނިވަން ކުރުމަށްވެސް އިންތިވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement