ސަރުކާރު ވައްޓާލާނެ ކަމަށް ބުންޏަސް ބިރެއް ނުގަނޭ- ހޯމްމިނިސްޓަރ

image

މަގުމަތިން ސަރުކާރު ވައްޓާލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏަސް ބިރު ނުގަންނަ ކަމަށް ހޯމްމިނިސްޓަރ ޢުމަރު ނަސީރު މިރޭ ވިދާޅުވެއްޖެއެވެ.

ދިޓީވީގައި މިރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއާއި ޖޭޕީ ގުޅިގެން މާދަމާ ބާއްވާ މުޒާހަރާގައި ސަރުކާރު ބަދަލެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެމުޒާހަރާގައި ކަމަކަށް ޑިމާންޑް ކޮށްފި ކަމަށްވާނަމަ ސަރުކާރުން އަޑުއަހާނެ ކަމަށްވެސް ވިދާޅުވިއެވެ. ޢުމަރު ވިދާޅުވީ މާދާމަ ނިކުންނަ ނިކުތުމުގައި ވެރިކަން ބަދަލުވުމާ ގާތަށްވެސް ނުދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މާދަމާގެ އެއްވުމުގައި ބައިވެރިވާނެ ކަމަށް ލަފާކުރެވެނީ ޖުމްލަ 5000 މީހުން ކަމަށެވެ. އެއީ ސަރުކާރު ބަދަލުކުރެވޭނެ ޢަދަދެއް ނޫންކަމަށެވެ. އެމީހުން ބޭނުންވެގެން އުޅެނީ ސަރުކާރަށް އަޑެއް އިއްވަން ކަމަށްވާނަމަ އެއަޑު އަހާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕިއަށް ލިބިދާނެ ކަމަށް އެއްގޮތަކަށްވެސް ހީފުޅުނުވާ ކަމަށެވެ. އެހިސާބަށް ދިޔުމުގެ އެއްވެސް ފުރުސަތެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ. އަދި ކަންބޮޑުވާ ހިސާބަށް ސިޔާސީ މާހައުލަށް ހަލަބޮލިކަމެއް ނާންނަ ކަމަށްވެސް ވިދާޅުވިއެވެ.

މަގުމަތިން ސަރުކާރު ބަދަލުކުރެވޭނެ ވަރުގެ އެއްވެސް ގޯހެއް ސަރުކާރުން ނުހަދާނެ ކަމަށް ވެސް ވިދާޅުވިއެވެ. މަގުމަތިން ސަރުކާރެއް ބަދަލު ކުރެވޭނީވެސް ވަކި ސިފަތަކެއް ހުރެގެން ކަމަށާއި އެހިސާބަށް އަދި ނުދާ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް