މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަސްތުވާ އެއްޗެއްސަށް ޕޮޒިޓިވް ވެއްޖެ އެވެ.
އަލީ އާޒިމް މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް ދެއްކީ ރޭ އޭނާ ހައްޔަރު ކުރުމަށްފަހު ނެގި ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމުން ކަމަށް ދުވަހަށްވަނީ މަޢުލޫމާތު ލިބިފައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ހައްޔަރުކުރުމުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން އިއްޔެ ހަވީރުން ފެށިގެން ރެއާ ހަމައަށް ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުންނެވެ. އާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރެވެ.
ފުލުހުން ބުނެފައިވަނީ އާޒިމްގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، އިއްޔެ އާއި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ގިނަ މީހުން ވަނީ މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ.
މުޒާހަރާގެ ތެރެއިން ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިންވެސް ހިމެނެއެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއްމީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަންތައްތައް ކުރަމުންދާކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދަނިކޮށް އިއްޔެ މުޒާހަރާ ވަރުގަދަވެ ހޫނުވީ، ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިއިރު ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާކޮށް ފުލުހުންގެ ބަންދަށް އެމަނިކުފާނު ގެންދިޔުމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު