އިންޓަނެޓު މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެ ނިޒާމެއް ކަނޑައަޅަނީ

އިންޓަނެޓު މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެ ނިޒާމެއް އަންނަ މަހުގެ ތެރޭގައި ކަނޑައެޅުމަށް ނިންމާފައިވާކަމަށް ޑިޕާޓުމަންޓު އޮފް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ މިފިދަ ހިދުމަތެއް ތައާރަފުކުރުމުގެ މަގުސަދަކީ ރައްޔިތުންނަށް ފަސޭހަތަކެއް ހޯދައިދިނުން ކަމަށެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑާޓާބޭސް އާއި ޕާސްޕޯޓުގެ ޑާޓާބޭސް ވިއުގައަކުން ގުޅައިލުން ހިމެނޭކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެ ވިއުގަ އެކުލަވައިލުމުން ޕާސްޕޯޓަށް އެދޭއިރު އައިޑީކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެކަމަށް ވެސް އެ ޑިޕާޓުމަންޓުން ބުނެއެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު