ނާޒިމު ކޯޓަށް ހާޒިރުކޮށްފި
ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނަޒީމުގެ ބަންދުގެ މުއްދަތާއިމެދު ގޮތެއް ނިންމުމަށް އޭނާ ކުރިމިނަލް ކޯޓަށް ހާޒިރު ކޮށްފިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ރޭ މެންދަމު 1:15 ހާއިރު ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނާޒިމް އުޅުއްވާ ގެއަށް ފުލުހުން ގޮސް އޭނާ ހައްޔަރުކޮށްގެންވަނީ ފުލުހުންގެ އިމާރާތަށް ގެންގޮސްފައެވެ.
ނާޒިމް ރޭ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅުއްވާ ގެއިން ފިސްތޯލައެއް ފެނުނު މައްސަލާގައި ކަމަށް މައުލުމާތު ލިބިފައިވެއެވެ. އެމައްސަލައިގެ ތަހުގީގު ނިންމައި ފުލުހުންވަނީ ނާޒިމްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
ނަމަވެސް ނާޒިމް އުޅުއްވާ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނާ ހަތިޔާރަކީ ނާޒިމާއި އޭނާގެ އާއިލާއާ ގުޅުންހުރި އެއްޗެއް ނޫންކަމަށް ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ. މިރޭ ފުލުހުން ގޮސް ނާޒިމް ހައްހަރުކޮށްގެން ކާރަށް އެރުވިއިރު ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދުވެސް އަރިހުގައި ހުންނެވިއެވެ. އަދި އަނބި ކަނބަލުންނާއި އާއިލާގެ ބައެއް ބޭފުޅުންވެސް ތިއްބެވިއެވެ.
ނާޒިމް ރޭ ހައްޔަރުކުރުމުގެ ފުލުހުންގެ ކާރަށް އެރުވުމުގެ ކުރިން އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވެރިކަން ކުރާ ޕީޕީއެމްއިން ވަކިވެފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ ސަލާމަތްތަނެއް ކަަމަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ވިދާޅުވެފައިވަނީ ނާޒިމްގެ މައްޗަށް ކުރާތުހުމަތަކީ ހަގީގަތެއްނެތް ތުހުމަތެއް ކަމަށެވެ. ނާޒިމްގެ މައްސަލަ ތަހުގީގު ކުރުމަށްފަމު ޕީޖީއަށް ފޮނުވާފަައިވާއިރު ފުލހުންނަށް ލިބިފައިވާ ހެއްކާއި ގަރީނާ އާންމުންނަށް ހާމަކުރަން ޖެހޭނެ ކަމަށް ވަކީލު މައުމޫން ދެންމެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިރޭވެސް އަދި މާދަމާވެސް ނާޒިމާ އެއްވެސް ސުވާލެއް ކުރުމަށް ހަމަޖެހިފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ ނާޒިމް ހައްޔަރުކޮށްގެން ގެންދިޔުމަށް ހަމަޖެހިފައިވަނީ ދޫނިދޫއަށް ކަމަށް ފުލުހުން އަންގާފައިވާ ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ. އޭނާ ވިދާޅިވީ ނާޒިމްގެ މައްޗަށް ކުރަމުންދާ ތުހުމަތުން އޭނާ ބަރީއަވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ. ނާޒިމް ހައްޔަރު ކޮށްފައިވަނީ އުސޫލުތަކާ ޚިލާފަށް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. ވަކީލް ވިދާޅުވީ ނާޒިމްގެ މައްޗަށް ކުށެއް އަދި ސާބިތު ނުވާ ކަމަށެވެ. ކުށެއް ސާބިތު ނުވާހިނދަކު އެއީ ކުށެއް ނުކުރާ މީހެއް ކަމަށްވެސް ވިދާޅުވިއެވެ. ފުލުހުން ނާޒިމް ހައްޔަރުކޮށްގެން ދިޔައީ ބިޑިއަޅުވައިގެން ނޫނެވެ.
ފުލުހުން ނާޒިމް ގެންގޮސްފައިވަނީ އޭނާ ދިރިއުޅުއްވަމުން ގެންދިޔަ، އޭނާގެ އަނބިކަނބަލުންގެ ގޭގައި ހުންނަވަނިކޮށްނެވެ. ފުލުހުން ނާޒިމް ގޮވައިގެންގޮސް އެރުވީ ފުލުހުންގެ ރަތް ކާރަކަށެވެ. ކާރަށް އަރުވަން ގެންދިޔައިރު އޭނާވަނީ އެއްވެތިބި މީހުންނާ ދިމާއަށް އަތްއުފުލައި ސަލާމް ކުރައްވާފައެވެ. އަދި އަނބި ކަނބަލުންނަށް ހިތްވަރު ދެއްވި މަންޒަރުވެސް ފެނުނެވެ.
ނާޒިމް ހައްޔަރުކުރިއިރު ސަރުކާރާ ދެކޮޅު މީހުންނާއި ސަރުކާރަށް ތާއިދުކުރާ މީހުންވެސް އެއްވެ ތިއްބެވެ.
ކިޔުންތެރިންގެ ހިޔާލު