ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް ދެންމެ ހައްޔަރު ކޮށްފި

image

ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ދެންމެ ހައްޔަރު ކޮށްފިއެވެ.

ނާޒިމް އުޅުއްވާ ގެއަށް ފުލުހުން ގޮސް އޭނާ ހައްޔަރުކޮށްގެންވަނީ ފުލުހުންގެ އިމާރާތަށް ގެންގޮސްފައެވެ. އެތަނުން މިހާރުވަނީ ދޫނިދުއަށް ގެންދަން ލޯންޗަށް އަރުވާފައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ނާޒިމް މިރޭ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅުއްވާ ގެއިން ފިސްތޯލައެއް ފެނުނު މައްސަލާގައި ކަމަށް މައުލުމާތު ލިބިފައިވެއެވެ. އެމައްސަލައިގެ ތަހުގީގު ނިންމައި ފުލުހުންވަނީ ނާޒިމްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

ނަމަވެސް ނާޒިމް އުޅުއްވާ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނާ ހަތިޔާރަކީ ނާޒިމާއި އޭނާގެ އާއިލާއާ ގުޅުންހުރި އެއްޗެއް ނޫންކަމަށް ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ. މިރޭ ފުލުހުން ގޮސް ނާޒިމް ހައްހަރުކޮށްގެން ކާރަށް އެރުވިއިރު ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދުވެސް އަރިހުގައި ހުންނެވިއެވެ. އަދި އަނބި ކަނބަލުންނާއި އާއިލާގެ ބައެއް ބޭފުޅުންވެސް ތިއްބެވިއެވެ.

ނާޒިމް މިރޭ ހައްޔަރުކުރުމުގެ ފުލުހުންގެ ކާރަށް އެރުވުމުގެ ކުރިން އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވެރިކަން ކުރާ ޕީޕީއެމްއިން ވަކިވެފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ ސަލާމަތްތަނެއް ކަަމަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން މިރޭވެސް ވިދާޅުވެފައިވަނީ ނާޒިމްގެ މައްޗަށް ކުރާތުހުމަތަކީ ހަގީގަތެއްނެތް ތުހުމަތެއް ކަމަށެވެ. ނާޒިމްގެ މައްސަލަ ތަހުގީގު ކުރުމަށްފަމު ޕީޖީއަށް ފޮނުވާފަައިވާއިރު ފުލހުންނަށް ލިބިފައިވާ ހެއްކާއި ގަރީނާ އާންމުންނަށް ހާމަކުރަން ޖެހޭނެ ކަމަށް ވަކީލު މައުމޫން ދެންމެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިރޭވެސް އަދި މާދަމާވެސް ނާޒިމާ އެއްވެސް ސުވާލެއް ކުރުމަށް ހަމަޖެހިފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ ނާޒިމް ހައްޔަރުކޮށްގެން ގެންދިޔުމަށް ހަމަޖެހިފައިވަނީ ދޫނިދޫއަށް ކަމަށް ފުލުހުން އަންގާފައިވާ ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ. އޭނާ ވިދާޅިވީ ނާޒިމްގެ މައްޗަށް ކުރަމުންދާ ތުހުމަތުން އޭނާ ބަރީއަވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ. ނާޒިމް ހައްޔަރު ކޮށްފައިވަނީ އުސޫލުތަކާ ޚިލާފަށް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ފުލުހުން އައިސް ނާޒިމް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ވަކީލް ވިދާޅުވިއެވެ. ވަކީލް ވިދާޅުވީ ނާޒިމްގެ މައްޗަށް ކުށެއް އަދި ސާބިތު ނުވާ ކަމަށެވެ. ކުށެއް ސާބިތު ނުވާހިނދަކު އެއީ ކުށެއް ނުކުރާ މީހެއް ކަމަށްވެސް ވިދާޅުވިއެވެ. ފުލުހުން ނާޒިމް ހައްޔަރުކޮށްގެން ދިޔައީ ބިޑިއަޅުވައިގެން ނޫނެވެ. 

ފުލުހުން ނާޒިމް ގެންގޮސްފައިވަނީ އޭނާ ދިރިއުޅުއްވަމުން ގެންދިޔަ، އޭނާގެ އަނބިކަނބަލުންގެ ގޭގައި ހުންނަވަނިކޮށްނެވެ. ފުލުހުން ނާޒިމް ގޮވައިގެންގޮސް އެރުވީ ފުލުހުންގެ ރަތް ކާރަކަށެވެ. ކާރަށް އަރުވަން ގެންދިޔައިރު އޭނާވަނީ އެއްވެތިބި މީހުންނާ ދިމާއަށް އަތްއުފުލައި ސަލާމް ކުރައްވާފައެވެ. އަދި އަނބި ކަނބަލުންނަށް ހިތްވަރު ދެއްވި މަންޒަރުވެސް ފެނުނެވެ.

ނާޒިމް ހައްޔަރުކުރިއިރު ސަރުކާރާ ދެކޮޅު މީހުންނާއި ސަރުކާރަށް ތާއިދުކުރާ މީހުންވެސް އެއްވެ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް