ވެރިކަން ބަދަލުކުރާނީ ކޯނީ ރިޕޯޓާ އެއްގޮތަށް: ރައީސް ނަޝީދު

image

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކުރާނީ 2012 ވަނަ އަހަރު އެކުލަވާލެއްވި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ( ރިޕޯޓާއި އެއްގޮތަށްކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ގުޅިގެން ޗާންދަނީ މަގު ސީގަލް ރެސްޓޯރަންޓު ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޯނީ ރިޕޯޓުގައި 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު އެމަނިކުފާނުގެ ވެރިކަން ބަދަލުވެގެން ދިޔައީ ގާނޫނާ އެއްގޮތަށް ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ރައީސް ޔާމީނުގެ ވެރިކަންވެސް ބަދަލު ކުރައްވަނީ އެ ރިޕޯޓާ އެއްގޮތަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

"ދިވެހި ރާއްޖޭގައި ވެރިކަމެއް އެންމެ ފަހުން ބަދަލުވެފައި އޮތީ ސައްހަ ގޮތުގައި ކަމަށް ބަޔާންކުރި އުސޫލުން އަޅުގަނޑުމެން މި ދަނީ މި ވެރިކަން ބަދަލުކުރަން. ރައީސް ޔާމިނަށް މާ ސާފުކޮށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މި މަސައްކަތްކުރާނެކަން،" 

އޭގެ އިތުރުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. ނަޝީދު ވިދާޅުވީ، ގާނޫނު އަސާސީ އެކުލަވައިލެވުނު ފަހުން ރާއްޖޭގައި ބޭއްވުނު އިންތިހާބުތަކުން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ބޭއްވުމަށް ރައްޔިތުން އެދޭކަމަށް ސާފުވެފައިވާކަމަށެވެ. 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް