ނަޝީދު ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުން އަންގާރަ ދުވަހަށް ތާވަލުކޮށްފި
ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހުޅުމާލޭ ކޯޓުގެ ބެންޗުގެ ސައްހަ ކަމާމެދު ސުވާލު އުފައްދަވައި ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަައިގެ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ތާވަލު ކޮށްފައިވާކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ހާމަކޮށްފިއެވެ.
ހައިކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ ބައްދަލުވުމަށްފަހު ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ، ދެން އޮންނަ އަޑުއެހުމެއްގައި ރައީސް ނަޝީދުގެ ފަރާތުން ނަގާފައިވާ އިޖުރާއީ ނުކުތާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދޭނެކަމަށް ހައިކޯޓުން ބުނެފައިވާކަމަށެވެ.
އެެހެން ނަމަވެސް އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ވަގުތު ބޭނުންވާކަމަށް ހައިކޯޓުގައި ދަންނަވާފައިވާނެކަމަށް ވެސް އެ ޓީމުން ބުންޏެވެ. މީގެ ކުރިން ވެސް އެ ޓީމުން ވަނީ ގާނޫނީ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ވަގުތު އިތުރު ދޮޅު މަސް ދުވަސް ދިނުމަށް ހައިކޯޓުގައި އެދިފައެވެ. އެހެން ނަމަވެސް އެ ވަގުތު ދެވެން ނެތްކަމަށް ހައިކޯޓުން ވަނީ ރައީސް ނަޝީދުގެ ވަކީލުންގެ ޓީމަށް އަންގައިފައެވެ.
ކިޔުންތެރިންގެ ހިޔާލު