ހޯމް މިނިސްޓްރީ ހިންގުން ވަގުތީގޮތުން އަދީބު އާއި ހަވާލުކުރައްވައިފި
ހޯމް މިނިސްޓްރީ ހިންގުން ވަގުތީގޮތުން ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު އާއި ހަވާލުކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީ އަދީބާ ހަވާލުކޮށްފައިވަނީ ހޯމް މިނިސްޓަރ އުމަރު ނަސީރު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތުމުން ކަމަށް ރައީސް އޮފީހުންބުނެއެވެ.
ނަމަވެސް އުމަރު ނަސީރުގެ ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ވެސް އަދި ހޯމް މިނިސްޓްރީން ވެސް ހާމައެއް ނުކުރެއެވެ.
ދާދިފަހުން ޑިފެންސް މިނިސްޓްރީ ހިންގެވުންވެސް ވަގުތީގޮތުން ވަނީ އަދީބާ ހަވާލުކުރައްވައިފައެވެ. އެއީ ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނަޒިމް އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމުންނެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު