މިނިސްޓަރު ކަމަށްވުރެ މަތީ މަގާމެއްގައި އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަން: ނާޒިމް

image

މިނިސްޓަރު ކަމަށްވުރެ މަތީ މަގާމެއްގައި މަސައްކަތް ކުރާނެކަމަށް މިއަދު މަގާމުން ދުރުކުރި ޑިފެންސް މިނިސްޓަރ މުހައްމަދު ނަޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ދެއްވި ޕްރެސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ، މިނިސްޓަރު ކަމުން ވަކިކުރި ކަމުގައި ވިއަސް އަބަދުވެސް ދެމި ހުންނަވާނީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މަތީގައި ކަމަށެވެ. 

ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އެދޭކަމުގައި ވާނަމަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ނާޒިމު ވިދާޅުވިއެވެ. 

"އެއީ (ރިޔާސީ އިންތިހާބެއްގައި ވާދަކުރުމަކީ) ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް. ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އެދޭކަމުގައި ވާނަމަ އަޅުގަނޑު އެފަދަ މަގާމަކުން ފެނިދާނެ،" ނާޒިމް ވިދާޅުވިއެވެ. 

ނާޒިމް ވިދާދުވީ އާދިއްތަ ވިލޭރޭ އޭނާ ދިރިއުޅުއްވާ އެޕާޓުމަންޓަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އަދި މީޑިއާއަށް ހާމަކުރައްވަން ބޭފުންފުޅު ނުވާކަމަށެވެ. ނަމަވެސް ނާޒިމުގެ ގާނޫނީ ވަކީލު އާޒިމާ ޝަކޫރު މާދަމާރޭ ދެއްވާ ޕްރެސްކޮންފަރެންސްގައި ހާމަކުރެވެން ހުރި މައުލޫމާތުތައް އޮތްނަމަ ހާމަކުރައްވާނެކަމަށެވެ. 

ކުރިއަތް ތަނުގައި އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސަރުކާރު ޖަބާބު ދާރީ ކުރުމުގައި ވެސް މަސައްކަތް ކުރައްވާނެކަމަށް ނާޒިމު ވިދާޅުވިއެވެ. 

"ސަރުކާރުގައި ތިއްބަވާ ބޭފުޅުން ވިދާޅުވާ ކޮންމެ އެއްޗަކަށް އާއެކޭ ބުނެގެން ދެން އަޅުގަނޑު މަސައްކަތެއް ނުކުރާނަން. އެހެން ނަމަވެސް އަޅުގަނޑަކީ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ މީހެއްކަމުން އަޅުގަނޑު ސަރުކާރަށް ދުވަސްކޮޅެއް ދޭނަން. އަޅުގަނޑު މިނިސްޓަރު ކަމުން ވަކިކުރީ އަދި މިއަދު. މިއަދު ކުއްލިއަކަށް ނުކުމެ އިދިކޮޅު ފަރާތްތަކާއެކު ސަރުކާރަށް ފާޑުކިއުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޚު ގޮތެއްނޫން. އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި އިދިކޮޅު ފަރާތްތަކާއެކު އަޅުގަނޑު މަސައްކަތްކުރާނަން،" ނާޒިމް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް