މާފަންނު ވިލާ ދޮށަށް ގާސިމްގެ ސަޕޯޓަރުން އެއްވެއްޖެ

ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދިރިއުޅުއްވާ މާފަންނު ވިލާގެ ދޮށަށް ގާސިމް އިބްރާހިމްގެ ސަޕޯޓުން އެއްވެއްޖެއެވެ.
ސަޕޯޓަރުން އެއްވެފައިވަނީ މާފަންނު ވިިލާ ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާކަމަށް މީޑިއާގައި އަޑު ފެތުރުމާ ގުޅިގެންނެނެވެ. ސަޕޯޓަރުންގެ އިތުރުން ގާސިމްގެ ގާނޫނީ ވަކީލުންވެސް ގެންދަވަނީ އެގޭތެރޭގައި ހަރަކާތްތެރިވަމުންނެވެ. އަދި އެމްޑީޕީގެ އިސްވެރިންނާ، ޖުމްހޫރީ ޕާޓީގެ އިސްވެރިންވެސް އަންނަނީ އެގޭކައިރީގައި ހަރަކާތްތެރިވަމުންނެވެ.
އެހެން ނަމަވެސް، ކްރިމިނަލް ކޯޓުން ބުނެފައިވަނީ ގާސިމް އިބްރާހިމްގެ ގެ ބަލައި ފާސްކުރުމަށް ކޯޓުއަމުރެއް ނުނެރޭކަމަށެވެ. އަދި އެފަދަ އަމުރެއް ހޯދުމަށް ފުލުހުން ވެސް ނޭދޭ ކަމަށެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު