މާރާމާރީ ހިންގަން އުޅުނު އެގާރަ މީހަކު ހައްޔަރު ކޮށްފި

image ފުލުހުން ގެންދަނީ އަމާންތަނަކަށް ރާއްޖެ ހެދުމުގެ މަސައްކަތް ކުރަމުން

ރޭ އިރާކޮޅު މާލޭގައި މާރާމާރީ ހިންގަން އުޅުނު 11 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ބުރުޒުމަގާއި ހިލާލީމަގު ގުޅުނު ކަންމަތީ ދެ ގްރޫޕަކުން މާރާމާރީ ހިންގަން "މަސައްކަތްކުރިތަން" ފެނިފައިވަނީ ކުލަހެދުމުގައި ދިޔަ ދެ ފުލުހަކަށެވެ. މާރާމާރީ ހިންގުން ހުއްޓުވާފައިވަނީ އެދެމީހުންނާއި އިތުރު ފުލުހުން ގުޅިގެން ކަމަށް ފުލުސް އޮފީހުންވަނީ ހާމަކޮށްފައެވެ.

މިހާދިސާގައި ފުލުހެއްގެ ބޯވަނީ ފަޅައިގެންގޮސްފައެވެ. އަދި އެކަމުގައި ބައިވެރިވި 18 އަހަރުގެ މީހަކަށްވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އެދެމީހުންނަށްވެސްވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދީފައެވެ. މި މާރާމާރީގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މާރާމާރީ ހިންގަން މަސައްކަތްކުރި 11 މީހުންނާއި، މާރާމާރީ ހިންގުމަށް ބޭނުންކުރި ތޫނު ހަތިޔާރުތައްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިހާދިސާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 02 ކުއްޖަކު ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް