އެމްޑީޕީގެ ފަސް މެމްބަރުން މަޢާފަށްއެދި ސިޓީ ފޮނުވައިފި

image އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ މުގައްރިރު ޝިފާޒު (މ) ނޫސްވެރިންނަށް މަޢުލުމާތު ދެއްވަނީ

އެމްޑީޕީގެ ވިޕްލައިނާ ޚިލާފުވެފައިވާ މައްސަަލާގައި އެޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން ފިޔަވަޅު އަޅާފައިވާ މެންބަރުންގެ ތެރެއިން 5 މެންބަރުން މަޢާފަށްއެދި ސިޓީ ފޮނުވައިފިއެވެ.

އެމްޑީޕީން ބުނެފައިވަނީ އެ ފަސް ބޭފުޅުން ޕާޓީގެ މެންބަރުންގެ ފަރާތުން މަޢާފަށްއެދި ސިޓީ ފޮނުވާފައިވަނީ 2015 ވަނައަހަރުގެ ޖެނުއަރީ 1 ގެ ކުރިން ކަމަށެވެ.

މަޢާފަށްއެދި ސިޓީ ފޮނުވާފައިވާ ބޭފުޅުންނަކީ، ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރ، އަބްދުﷲ ޔާމީން ، މުލަކު ދާއިރާގެ މަޖިލިސް މެމްބަރ، އިބްރާހީމް ނަސީރު، ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު ނާޒިމް، ކުރެންދޫ ދާއިރާގެ މަޖިލިސް މެމްބަރ އަބްދުލް ބާރީ އަބްދުﷲ، ފެލިދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު މަރުޒޫޤެވެ.

ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރ މޫސާ މަނިކު ވަނީ ފިޔަވަޅުއަޅާ ކޮމިޓީގެ ނިންމުން އިސްތިއުނާފް ކުރުމަށް އެދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމަށް ސެކްރެޓޭރިއަޓަށް ސިޓީ ފޮނުއްވާފައި ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ. ޕާޓީންވަނީ އޭނާ ވަކިކޮށްފައެވެ. އަލުން ޕާޓީއަށް ވަންނަން ބޭނުންވާ ކަމަށްވާނަމަ ކަންކުރަންވީގޮތްވެސް އޭނާއަށްވަނީ އަންގާފައެވެ.

ރީކޯ މޫސާމަނިކު ފިޔަވައި ދެންތިއްބެވި ބޭފުޅުން ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ކުރިއަށްއިތް ތަނުގައި ޕާޓީއަށް ދެރައެއް ލިބޭނެ ފަދަ ގޮތަކަށް އަމަލު ނުކުރައްވާނެ ކަމަށެވެ. ފަނޑިޔާރުން ވަކި ކުރިމައްސަލާގައި ޖަލްސާއަށް ވަޑައިނުގަނެވުނީތީ ވަރަށް ބޮޑަށް މައާފަށް އެދިވަޑައި ގަންނަވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް