މަސްތުވާތަކެތި ގެންގުޅުނު މީހަކު ފަޅުރަށަކުން ހައްޔަރު ކޮށްފި

image

މަސްތުވާތަކެތި ގެންގުޅެމުން ދިޔަކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ހޯދަމުން ދިޔަ މީހަކު ދ.އަތޮޅުގެ ފަޅުރަށަކުން ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ..

އެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއްލަ،ަށް ފުލުހުން ހާމަކުރެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ދ.އަލޫފުށީގައި ހުއްޓައި އެނާ ހައްޔަރު ކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުން ދ.ކުޑަހުވަދޫގައި މަސައްކަތްކުރާ ފުލުހުންނެވެ.

އެ މައްސަލައާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު އޭނާގެ އަތުގައި އޮތް، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު 02 ޕެކެޓް ބިންމައްޗަށް އެއްލާލާފައިވާކަމަށް ފުލުހުން ބުނެއެވެ.

ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށްވަވަނީ އޭނާގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް