ރައީސްގެ ވާހަކަ ފުޅު މީޑިއާތަކުން ވަނީ އޮޅުވާލާފައި: ތަރުޖަމާނު
ރައީސް އަބްދުﷲ ޔާމީން އިއްޔެ ދެއްކެވި ވާހަކަފުޅު ބައެއް މީޑިއާތަކުން ގެނެސްދިނީ އާއްމުންނަށް މާނަ އޮޅޭގޮތަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖެ އަކީ ދުނިޔެމަތީގެ ސުވަރުގެއެއް ކަމަށް ބުނުމީ، ދިވެހި ބަހުގެ ހަމަތަކުން ބަލާއިރު އަދި އާއްމު ބަހުރުވައިން ބަލާއިރު ވެސް ރީތިކަމުން ދެވަނައެއް ނެތްފަދަ ތަނަކަށް ނިސްބަތްކުރާ ސިފަކުރުމެއްކަން މުޖުތަމައު ގަބޫލުކުރާ ކަމަށެވެ.
މާތްﷲ އާއި އެކަލާނގެ ރަސޫލާ އެންގެވި ގޮތުގައި ދުނިޔޭގައި ހޭދަކުރާ ސާލިހު އަޅުތަކުންގެ ދާއިމީ ގޮވެތި ކަމުގައިވާ "ސުވަރުގެ" އާއި އެއްފަދަ ކުރާ ވާހަކަފުޅެއް ރައީސް ޔާމީން ވިދާޅުވެފައި ނުވާކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އި އެ ހަބަރު ބައެއް ނޫސްތަކުގައި އެ ވާހަކަ ގެނެސްދީފައިވަނީ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"ރައީސުލްޖުމްހޫރިއްޔާ އިނގިރޭސި ބަހުން މުޚާޠަބު ކުރައްވަމުން ގެންދެވީ އަޅުގަނޑުމެން ފަދަ މުސްލިމު އަހުން ކަމުގައިވާ ސައޫދީ އަރަބިއްޔާގެ ވަފުދަކާ ކަމަށް ވީހިނދު، 'ޖަންނަތުލް ފިރުދައުސް' ގެ ވާހަކަ އެމަނިކުފާނު ގެނެސްދެއްވާފައިވަނީ، އަޅުގަނޑުމެން އެންމެހައި މުސްލިމުތަކުން އެތަނަކަށް ދިއުމަށް އެދިއެދި ތިބި ދާއިމީ ގޮވެއްޗަކީ އެއީ ކަމުގައި ވާތީ އެވެ،" ބަޔާނުގައި މުއާޒު ވިދާޅުވެފައިވެއެވެ.
ޓްރޭޑާސް ހޮޓަލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ މުސްލިމުންގެ ހައިސިއްޔަތުން އެންމެން ވެސް ގަދައަޅާ މަސައްކަތް ކުރަނީ ޖަންނަތުލް ފިރުދައުސް ހޯދުމަށް ކަމަށެވެ. އެހެންކަމުން، އޭގެ ކުރިން ސުވަރުގެ ފަދަ ރާއްޖޭގައި "ވޯމްއަޕް" ކޮށްލަން ސައުދީގެ ވިޔަފާރިވެރިންގެ ކިބައިން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު