މަސްތުވާތަކެއްޗާއެކު ދެމީހަކު ކާށިދޫން ހައްޔަރު ކޮށްފި

image ކާށިދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުން ތިބި ގެއިން ފެނުނު މަސްތުވާތަކެތި- ފޮޓޯ ޕޮލިސް

މަސްތުވާތަކެއްޗާއެކު ކ. ކާށިދޫން ދެމީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރިދެމީހުންގެ އަތުންވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ 38 ރަބަރު ޕެކެޓު ހޯދައިފައިފައެވެ. އެތަކެތިވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިދެމީހުން ފުލުހުން ހައްޔަރު ކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. އެމީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ އެރޭ ކާށިދޫ ގެއެއްގެ ތެރޭގައި ތިއްބައި ކަމަށްވެސް ފުލުހުންވަނީ ހާމަކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހުންނަކީވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްއޮންނަ މީހުން ކަމަށްވެސް ފުލުހުންވަނީ ހާމަކުރައްވާފައެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 އަހަރާއި، 21 އަހަރުގެ ދެ ފިރިހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް