"އެކްސޮޑަސް:ގޯޑްސް އެންޑް ކިންގްސް" ރާއްޖެ ގެނައުން މަނާކޮށްފި
މިމަހުގެ 12 ވަނަ ދުވަހު ނެރެފައިވާ އިނގިރޭސި ފިލް "އެކްސޮޑަސް:ގޯޑްސް އެންޑް ކިންގްސް" ރާއްޖެ ގެނައުން މަނާކޮށްފިއެވެ.
ނެޝަނަލް ބިޔުރޯއޮފް ކްލެސިފިކޭޝަން އިން ބުނެފައިވަނީ އެފިލްމް ރާއްޖެއަށް އެތެރެ ކުރުން މަނާކޮށްފައިވަނީ އެއީ މޫސާ ޢަލައިހިއްސަލާމަށް ފުރައްސާރަ ކުރުމުގެ ގޮތުން ހަދައިފައިވާ ފިލްމަކަށްވާތީ ކަމަށެވެ.
ﷲ މޫސާފާނަށް ދެއްވި މުޢުޖިޒާތްތަކަކީ ގުދުރަތީ އާދައިގެ ކަންކަން ކަމަށްވެސް އޭގައި ދައްކައިދޭ ކަމަށްވެސް ބުނެފައިވެއެވެ.
އެފިލްމުގައި ޤުރުއާނާއި، އިސްލާމީ ސީރަތުގައި ބަޔާން ވެގެންވާ ގޮތާ ޚިލާފަށް އަސްލު އޮޅޭގޮތަށް މުސާފާނާއި ފިރުޢައުނުގެ ވާހަކަ ގެނެސްދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެފިލްމުގައި "މާﷲއާއި ރަސޫލުންގެ ގަދަރާއި، އިހްތިރާމް ކުޑަކޮށް ފުރައްސާރަ ކުރުމުގެ ގޮތުން، މޫސާ ޢަލައިހިއްސަލާމާއި، ފިރުޢައުމުގެ ވާހަކަ އަސްލު އޮޅޭގޮތަށް ޚިޔާލީ ވާހަކަތަކާއި، ޚުރާފީ ވިސްނުންތަކާއި، މަސްހުނިކޮށް އުފައްދައިފައިވާ އިސްލާމްދީނާ ޚިލާފް ފިލްމަކަށްވާތީ" ގާނޫނީ ގޮތުންވެސް އެއީ ރާއްޖެއަށް އެތެރެ ކުރުމާއި ގެންގުޅުން މަނާ އެއްޗަކަށްވާތީ އެފިލްމު އެތެރެ ކުރުމަކީ މަނާ ކަމެއް ކަމަށް އެ އޮތޯރިޓީންވަނީ ކަނޑައަޅާފައެވެ.
އެފިލްމު ރާއްޖޭގައި ވިއްކުމާއި، ބްރޯޑްކާސްތް ކުރުމާއި، ރީބްރޯޑްކާސްޓް ކުރުމާއި، ބެލުމާއި، އެހެންމީހަކަށް ދެއްކުމަކީވެސް މަނާކަމެއް ކަމަށް އެއޮތޯރިޓީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު