ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމު އުވައިލުމާ ދެކޮޅު: ޓީޗާސް އެސޯސިއޭޝަން

image

ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމު އުވާލުމާއި ދެކޮޅުކަން ޓިޗާސް އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

އެ އެސޯސިއޭޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޑެޕިއުޓި ޕްރިންސިޕަލުންނަކީ ތައުލީމީ ދާއިރާއަށް އަގު ނުކުރެވޭ ފަދަ ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކެއް ކަމަށެވެ.

"ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ޑެޕިއުޓި ޕްރިންސިޕަލުން ނަގާ އެއްލާލުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން. ތައުލީމީ ނިޒާމު އަނދިރި ކަމެއްގެ ތެރެއަށް ދިއުމަކީ އަޅުގަނޑުމެން އެދޭ ކަމެއް ނޫން،" ކަމަށް އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.  

ސްކޫލުތަކުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުތައް އުވާލި ނަމަވެސް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ތައުލީމީ ދާއިރާއިން "އެއްލައި ނުލާނެ" ކަމަށާއި އެ ބަދަލުގެ މައިގަނޑު ބޭނުމަކީ ސްކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެހެން ނަމަވެސް ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ސްކޫލުތަކުގެ މެނޭޖްމަންޓުގައި މިހާރު ގިނައިން ކުރަނީ އިދާރީ މަސައްކަތްތައް ކަމަށެވެ.  ނަޒީރު ވިދާޅުވީ، ޑެޕިއުޓީ ޕްރިންސިޕަލުންގެ ގޮތުގައި 188 ބޭފުޅުން ތިއްބެވިއިރު 76 ބޭފުޅަކު ކުރައްވަނީ އިދާރީ މަސައްކަތްތަކެވެ. 

އެޑިއުކޭޝަން ބުނެފައިވަނީ ޕްރިންސިޕަލުންގެ މަގާމު ތައުލީމީ ދާއިރާގެ އޮނިގަނޑުން އުނިކުރި ނަމަވެސް، މިހާރު ތިއްބެވި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ކޮލިފައިވާ މަގާމެއް ދެއްވާނެ ކަމަށެވެ. އަދި މިހާރު ވެސް ވަރަށް ގިނަ ބޭފުޅުންނަށް އޮފާކުރި މަގާމުތައް ގަބޫލު ކުރައްްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement